މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ސިޔާސީ މައިދާނުން ދުރަށްދިއުމަށް ފަހު މިރޭ ވެރިކަންކުރާ ޕީއެންސީއަށް ސިޔާސީ ނޫންގޮތެއް ގައި ސޮއިކުރެއްވުމުން ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
މަވޯޓާ ޝަރީފް އެމްޑީޕީން ވަކިވެވަޑައިގަތީ ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަތުމަށް ކަމަށާއި، އެއްވެސް މަންފާއެއް މިސަރުކާރުން ލިބިވަޑައިގެންފައި ނުވާކަމަށް ކުރިން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް މިރޭ އަނެއްކާ ޕީއެންސީއަށް ސޮއި ކުރައްވައިފިއެވެ. އަދި، އެމްޑީޕީ އަށާއި، ރައީސް ޞާލިޙަށް ފާޑުކިޔުންތައް ވެސް އަމާޒުކުރައްވައިފިއެވެ. ޝަރީފް ވިދާޅުވިގޮތުގައި ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެކަން ކުރިން ވެސް އެނގިވަޑައިގެންނެވި ކަމަށާއި، އޭރުގައި ބަދަލު ނުވެ ހުރީ ގޮތްދޫނުކުރާން ވެގެންކަމަށެެވެ.
ޝަރީފް ސިޔާސީ ކަންކަމުން ދުރައްޖެހިވަޑައިގެންފައި އަލުން ސިޔާސީ މައިދާނަށް ރުޖޫޢަވީތޯ ސުވާލުކުރުމުން ވިދާޅުވީ އެއީ މީހަކާ ބެހޭ ކަމެއް ނޫންކަމަށެވެ. އެމީހަކު ތާޢީދުކުރާނެ ޕާޓީއެއް އެނގޭނީ އެމީހަކަށް ކަމަށެވެ. އަދި އެމްޑީޕީއަށް ޚިދުމަތް ކުރެއްވި ފަދައިން ޕީއެންސީއަށް ވެސް އިޚްލާޞްތެރިކަމާ އެކު ޚިދުމަތް ކުރައްވާނެކަމަށެވެ. އެމްޕީ ޝަރީފްގެ އިތުރުން ޕީއެންސީއަށް ސޮއި ކުރެއްވި އަނެއް ބާރަ މެންބަރުންނަކީ؛
- ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
- މައްޗަންގޮޅި އުތުރު ދާއިރާގެ އަހުމަދު ހައިތަމް
- އިސްދޫ ދާއިރާގެ އަލީ ހަމީދު
- ކަނޑިތީމު ދާއިރާގެ ޢަބްދުﷲ ޝަހީމް އަބްދުލްހަކީމް
- ކުރެންދޫ ދާއިރާގެ ޢަބްދުލްޣަނީ އަބްދުލްހަކީމް
- މަތިވެރި ހަސަން ޒަރީރު
- މުލަކު ދާއިރާގެ އިބްރާހިމް ނަސީރު
- ނިލަންދޫ ދާއިރާގެ އަބްދުލްމުހްސިން ހަމީދު
- މާފަންނު ދެކުނު ދާއިރާގެ އާދަމް އަލީ
- ކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދު
- ތޮއްޑޫ ދާއިރާގެ ހަސަން ޝިޔާން
- ގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒު