މިލައުތުރު

އެމެރިކާގެ މަޝްހޫރު ފިލްމީ ތަރި ސިލްވެސްޓާ ސްޓެލޯންގެ އާއިލާއަށް ބޮޑު ސަމާލުކަމެއް!

އެމެރިކާގެ ފިލްމީތަރި އަދި ޕްރޮޑިއުސާރ ސިލްވެސްޓާ ސްޓެލޯންގެ އާއިލާ އަކީ ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށާއި، އާއިލާގެ ގުޅުމަކީ ވެސް ދުނިޔެއަށް ނަމޫނާއެއް ކަމަށް ބައިނަލްއަޤުވާމީ ނޫސްތަކުގައި ދުވަސްކޮޅު ކޮޅުން ރިޕޯޓްކުރެއެވެ.

ސްޓެލޯން އުފަންވެފައި ވަނީ 6 ޖުލައި 1946 ގައި އެމެރިކާގެ ނިއުޔޯކް ސިޓީއަށެވެ. އެހެންކަމުން އޭނާ އަކީ މިހާރު އުމުރުން 77 އަހަރުގެ މީހެކެވެ. ސްޓެލޯން ފާހަގަކުރެވެނީ އެމެރިކާގެ ބޮކްސް އޮޮފީހުގެ އެއްވަނައިގާ އެންމެ ގިނަދުވަސް ވަންދެން ރަސްކަންކުރި ފިލްމީ ތަރިންގެ ތެރެއިން އެކެއްގެ ގޮތުގައެވެ. އަދި އެންމެ ގިނަ އެވޯޑްތަކާއި، އިނާމްތައް ޙާޞިލްކުރި ކާމިޔާބު ތަރިއެއްގެ ގޮތުގައެވެ.

ސްޓެލޯންއަށް ލިބުނު 5 ކުދިންގެ ތެރެއިން އެންމެ ދޮށީ ފިރިހެން ދަރިއެކެވެ. އޭނާގެ އުމުރުން އެންމެ 36 އަހަރުގައި ވަނީ މަރުވެފައެވެ. މީޑިޔާގެ ސަމާލުކަން އެންމެ ބޮޑަށް ލިބެނީ އޭނާގެ އަންހެން ދަރިންގެ ރީތިކަމާއި، ދަރިންނާ މެދު އޮންނަ ގާތް ގުޅުމަށެވެ. އަބަދުވެސް ފެންނަނީ ވަރަށް ވެސް އުފާވެރި އަދި އެހާމެ ގުޅުން ބަދަހި އާއިލާއެއްގެ ގޮތުގައެވެ.

ސްޓެލޯން އޭނާގެ އުފަންދަރިން ދެކެ ވާލޯތްބާއި، އޮންނަ ގާތްކަމަކީ މުޅި އެމެރިކާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ފާހަގަކުރާ ކަމެކެވެ. އަދި އޭނާ އަކީ ނަމޫނާ ބައްޕައެއް ކަމުގައި މީހުން ސިފަކުރެއެވެ.