މިލައުތުރު

އިބްރާހީމް ވަޙީދު (ވައްޑެ) އަކީ ޚިދުމަތްތެރި ވުމުގައި ނަަމޫނާ ޒުވާނެއް!

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ށ. ކޮމަންޑޫ، މުރިނގު އިބްރާހީމް ވަޙީދު (ވައްޑެ) އަކީ ޤައުމީ ޚިދުމަތުގައި ޒުވާނުންނަށް ރަނގަޅު ނަމޫނާއެކެވެ. ވައްޑެގެ ޤައުމީ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ދާއިރާގެ ތިން ރަށުގެ ރައްޔިތުންގެ މަސްލަޙަތުގައި ވަކާލާތުކުރުމަށް ރައްޔިތުންގެ މަޖިލިހުން ފުރުޞަތެއް ހޯއްދެވުމަށް ނިކުންނެވުމަކީ ވަރަށް ބޮޑު ނިޢުމަތެއް ކަމުގައި މެނޫނީ ނުވާނެކަން އެބޭފުޅާގެ ވަނަވަރަށް ނަޒަރު ހިންގާލުމުން ކަށަވަރުވެއެވެ.

ވިޔަފާރި އާއި އިޤްތިޞާދުގެ ދާއިރާ އިން މާސްޓަރސް ޑިގްރީ ޙާޞިލްކުރެއްވުމުގެ އިތުރުން ތަފާތު އެކި އެކި ރޮނގު ރޮނގުން ޚާއްސަ ޑިޕްލޮމާތައް ޙާޞިލްކުރައްވާފައި ވެއެވެ. އަދި ފުލުހުންގެ ޚިދުމަތުގައި ހުންނަވައިގެން ޖޫނިއާރ ކޮމާންޑަރ ކޯހާއި، އިންވެސްޓިގޭޓިންގ އޮފިސަރ ކޯހާއި، ސްޓޭޝަން މެނޭޖްމަންޓް ކޯހާއި، އިންޓަނޭޝަނަލް ހިއުމަން ރައިޓްސް ކޯހާއި، ކޮމްޕިއުޓަރ ފޮރެންސިކްސް އެންޑް ސައިބަރ ސެކިއުރިޓީ ކޯހާއި، ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެޝަން ކޯސް ފުރިހަމަ ކުރައްވާފައި ވެއެވެ.

އެންމެ މުހިންމު ތަންފީޒީ އިދާރާތައް ކަމުގައިވާ ދިވެހި ސިފައިންނާއި ފުލުހުންގެ ޚިދުމަތުގައި 18 އޮގަސްޓް 2003 ން 01 ޑިސެމްބަރ 2023 ގެ ނިޔަލަށް، ސީނިޔާރ ލެވެލްތަކުގައި، ޚިދުމަތް ކުރެއްވުމުގެ ތަޖުރިބާ ލިބިވަޑައިގެންފައި ވެއެވެ. ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙް އެންމެ ބޮޑަށް ހަލަބޮލި ވެގެންދިޔަ ދަނޑިވަޅުތަކުގައި ވެސް މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓައި ދެމެހެއްޓުމުގައި މުހިންމު ދަޢުރެއް އަދާކުރެއްވި ފަރާތެކެވެ.

ދަޢުލަތަށް ޚިދުމަތް ކުރެއްވުމުގެ ދިގު ތާރީޚްގައި ތަފާތު އެކި އެކި ފަންނީ ދާއިރާތަކުގައި މަސައްކަތް ކުރައްވާފައި ވެއެވެ. އަދި ސްޓޭޝަން އިންޗާޖްކަމުގެ އިތުރުން އަތޮޅު ކޮމާންޑަރ ލެވެލްގައި ވެސް މަސައްކަތް ކުރައްވާފައި ވެއެވެ. އެފަދަ އެސައިންމަންޓްތަކުގައި ރ. އަތޮޅާއި، ބ. އަތޮޅާއި، ހއ. އަތޮޅާއި، ށ. އަތޮޅުގެ ކޮމާންޑަރުކަން ކުރައްވާފައި ވެއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަގު ވަޒަންކުރުމުގެ ގޮތުން ދެއްވާ މެޑަލްތަކާއި، ބެޖްތައް ލިބިވަޑައިގެންފައި ވެއެވެ.

ފުލުހުންގެ ޚިދުމަތުގައި ލިބިވަޑައިގެންފައިވާ ބެޖްތަކުގެ ތެރޭގައި އިޚްލާޞްތެރިކަމުގެ ބެޖާއި، ރަނގަޅު އަޚުލާޤު ބެޖާއި، ދިގުމުއްދަތުގެ ޚިދުމަތް ރިބަން އާއި، 50 އަހަރުގެ ޖުމްހޫރީ މެޑަލް އާއި، 50 އަހަރުގެ މިނިވަންކަމުގެ މެޑަލް އާއި، ރަނގަޅު އަޚުލާޤު ރިބަން 1، 2 އާއި، އިޚްލާޞްތެރިކަމުގެ ރިބަން އާއި، ފުލުހުންގެ ޚިދުމަތުގެ ރިބަން އާއި، ޘުނާމީ ރިލީފް އޮޕަރޭޝަން މެޑަލް އާއި، ޕޮލިސް މެޑަލް ހިމެނެއެވެ. އަދި މީގެ އިތުރުން މައްސަލަތައް ތަޙްޤީޤުކުރުމުގައި މުޖުތަމަޢަށް ފައިދާކުރަނިވި އީޖާދީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުން ލިބިވަޑައިގެންފައި ވެއެވެ.

ޝަރަފުވެރިކަމާ އެކު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމަށް ފަހު، ވައްޑެގެ ޤައުމީ ޚިދުމަތް މުޅިން އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލެއްވުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން 27 ޖެނުއަރީ 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމް-ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ވާދަކުރެއްވުމަށް ވެސް ވަނީ ނިންމަވާފައެވެ. ވައްޑެގެ ކެންޑިޑޭޓް ނަންބަރަކީ (2) އެވެ.