20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަން ތަމްސީލް ކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވުނު ޕްރައިމަރީގެ ވަގުތީ ނަތީޖާތައް އިޢުލާން ކޮށްފިއެވެ.
ވަރަށް ފޯރި ގަދަ ކެމްޕެއިނަކަށް ފަހު ށ. އަތޮޅުގެ 4 ދާއިރާގެ ޓިކެޓް ލިބޭ ފަރާތްތައް މިހާރު ވަނީ ކަށަވަރު ވެފައެވެ. އެގޮތުން ކޮމަންޑޫ ދާއިރާގެ ޓިކެޓް ލިބިވަޑައިގަތީ މުޙައްމަދު އިބްރާހީމް އަށެވެ. ކަނޑިތީމް ދާއިރާގެ ޓިކެޓް ލިބިވަޑައިގަތީ ނަސްރު ﷲ އަބްދުލް ޣަނީއަށެވެ. މިލަންދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިގަތީ ކުރީގެ މެންބަރު ޙަސަން މުފީދުއަށެވެ. އަދި ފުނަދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިގަތީ މުޙައްމަދު މަމްދޫޙް އަށެވެ.
ކޮމަންޑޫ ދާއިރާއަށް ވާދަކުރެއްވި 2 ކެންޑިޑޭޓުންގެ ތެެރެއިން މުޙައްމަދު އިބްރާހީމް ޓިކެޓް ކާމިޔާބުކުރެއްވީ ވޯޓުލާން ނިކުތް ޖުމްލަ 746 މީހުންގެ ތެރެއިން %62.3 އަޣުލަބިއްޔަތު ލިބިވަޑައިގެންނެވެ. ކަނޑިތީމް ދާއިރާއަށް ވާދަކުރެއްވި 5 ކެންޑިޑޭޓުންގެ ތެރެއިން ނަސްރު ﷲ ޓިކެޓް ކާމިޔާބު ކުރެއްވީ ވޯޓުލާން ނިކުތް ޖުމްލަ 1222 މީހުންގެ ތެރެއިން %29.8 މީހުންގެ ދާޢީދު ލިބިވަޑައިގެންނެވެ. މިލަންދޫ ދާއިރާއަށް ވާދަކުރެއްވި 4 ކެންޑިޑޭޓުންގެ ތެރެއިން ޙަސަން މުފީދު ޓިކެޓް ކާމިޔާބުކުރެއްވީ ވޯޓުލާން ނިކުތް 892 މީހުންގެ ތެރެއިން %51.7 މީހުންގެ އަޣުލަބިއްޔަތު ލިބިވަޑައިގެންނެވެ. އަދި ފުނަދޫ ދާއިރާއަށް ވާދަކުރެއްވި 2 ކެންޑިޑޭޓުންގެ ތެރެއިން މުޙައްމަދު މަމްދޫޙް ޓިކެޓް ކާމިޔާބުކުރެއްވީ ވޯޓުލާން ނިކުތް ޖުމްލަ 1414 މީހުންގެ ތެރެއިން %56.8 މީހުންގެ އަޣުލަބިއްޔަތު ލިބިވަޑައިގެންނެވެ.
ޕީޕީއެމް/ޕީއެންސީ މަޖިލިސް ޓިކެޓް ކާމިޔާބުކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް މަރްޙަބާ!