ދިވެހީންގެ ތެރޭގައި ވެސް މަޤްބޫލް ކެރޮއޭކޭ އެޕްލިކޭޝަނެއް ކަމަށްވާ ސްޓާމޭކާރ ގައި މަޝްހޫރު ތަރި ނޭހާ މަހާޖާން އަކީ މޮޅު ލަވަކިޔުންތެރިއެއްގެ އިތުރުން ފަޤީރުންނާއި އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި ނަމޫނާ ތަރިއެކެވެ.
ކުރީގެ ރީތި ލަވަތަކާއި، ފަހުގެ ލަވަތައް ލައިވްކޮށް ހުށަހަޅައިދެއްވުމުގައި މަޤްބޫލްކަން ހޯއްދަވާފައިވާ ތަރި ނޭހާ އަކީ އިންޑިޔާގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި މަޤްބޫލް ފަރާތެކެވެ. ނޭހާ މަހާޖާންގެ އެންމެ ޚާއްޞަ ސިފައަކީ މަޑުމައިތިރިކަމާއި، ރިވެތި އަޚްލާޤުކަމަށް އޭނާގެ ސަޕޯޓަރުން ބުނެއެވެ. އެއްވެސް ދެއްކުންތެރިކަމެއް ބޮޑާކަމެއް އޭނާގެ ފަރާތުން ދުވަހަކު ފެނިފައި ނުވާ ނޭހާ އަކީ މީހުންނާއި ގުޅޭ، އެހެން މީހުންނަށް އިޙްތިރާމްކުރާ ނަމޫނާ ތަރިއެކެވެ.
އިންޑިޔާގެ ޗަންދީގަރުގައި ދިރިއުޅޭ ފަޤީރުންނަށް އެހީތެރިވުމުގައި ނޭހާ މަހާޖާން އަކީ މިހާރު ފާހަގަކޮށްލެވޭ ފަރާތެކެވެ. އެގޮތުން ޗަންދީގަރުގެ ފަޤީރު އަވަށްތަކުގައި އެހީއަށް ބޭނުންވެފައިވާ ސްކޫލްތަކާއި، އާއިލާތަކަށް ކާނާ އާއި ސްކޫލް ދަބަހާއި، ފޮތް ފަންސުރު ފޯރުކޮށްދެއްވައެވެ. އަދި ނޭހާ މަހާޖާންގެ އިތުރުން މިޙަރަކާތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ވެސް ބައިވެރިވެއެވެ.
ނޭހާގެ އެހީ ފޯރުކޮށްދިނުމުގެ ޙަރަކާތް ފުޅާވެ ޗެރިޓީ ފައުންޑޭޝަނަކަށް ވަނީ ބަދަލުވެފައެވެ. އެގޮތުން ޗަންދީގަރުގެ ހެޑްގެ ގޮތުގައި ވިބޫތީ ޝަރުމާ ވަނީ ހަމަޖައްސާފައެވެ. ނޭހާ މަހާޖާން އާއި ވިބޫތީ ޝަރުމާ އަކީ ވެސް މޮޅު އަންހެން ދެ ލަވަކިޔުންތެރިންނެވެ. ހިމޭޝް އާއި ޝާން ފަދަ އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިންނާއި އެކު ލަވަތައް ހުށަހަޅުއްވައިދެއްވާފައި ވެއެވެ. ސްޓާމޭކާރ ގައި ނޭހާ މަހާޖާން ފޮލޯކުރާ މީހުންގެ ޢަދަދު 6.5 މިލިޔަނަށް ވުރެ މައްޗަށް އަރާފައި ވެއެވެ.
2 Replies to “ސްޓާމޭކާރ ތަރި ނޭހާ މަހާޖާން އެނގޭތޯ؟”
މުހަންމަދު މުއިޒު
ރަނގަޅު ލިޔުމެއް އެހެންނަމަވެސް ލަވަޔާ މިޔުޒިކަކީ އަހަރެން ތާއީދު ކުރާ އެއްޗެއްނޫ މީހަކުގާގަ ހުންނަ ރީތި އަހުލާގު
އަހަރެންވެސް ބަލާގަންނަން ރީތި ސިފަތަކުން ޖެހޭނެ ނަމޫނާ ލިވިގަންނަން
މުހަންމަދު
ރަނގަޅު ލިޔުމެއް އެހެންނަމަވެސް ލަވަޔާ މިޔުޒިކަކީ އަހަރެން ތާއީދު ކުރާ އެއްޗެއްނޫ މީހަކުގާގަ ހުންނަ ރީތި އަހުލާގު
އަހަރެންވެސް ބަލާގަންނަން ރީތި ސިފަތަކުން ޖެހޭނެ ނަމޫނާ ލިވިގަންނަން
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި