ޑރ. އިސްމާޢީލް ނިޒާމް

އަހަރަކު އެތައް ހާސް ދަރިވަރުން ދަސްވެނިވާ މައިކޮލެޖު ބިދޭސީ ހާއްޔަކަށްވެ ދިވެހީންނަށް މަލާމާތް ކުރަނީ!

މަތީ ތަޢުލީމު ޙާޞިލްކުރާ ކިޔަވާކުދިންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލް ކަމެއް ލިބިފައިވާ މިއާންޒް އިންޓަރނޭޝަނަލް ކޮލެޖު (މައިކޮލެޖު) މިހާރު ބިދޭސީ ހާއްޔަކަށް ބަދަލުވެ، ދިވެހީންނަށް މަލާމާތާ ފުރައްސާރަ ކުރުމުގެ ޢަމަލުތައް ގިނަވަމުންދާކަމުގެ ތުހުމަތުތަކެއް ކުރެވެން ފަށައިފިއެވެ.

މި ސައިޓާ މަޢުލޫމާތު ޙިއްސާކުރި ކިޔަވާ ކުދިބަޔަކު ބުނިގޮތުގައި ހަމަ އެކަނި އެކޮލެޖުގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް މެނޭޖްމަންޓަށް ބަލައިލިކަމުގައި ވިޔަސް ފުދޭނެކަމަށެވެ. މުޅި ސްޓާފް ރޫމް ފުރިބާރުވެފައި ވަނީ ހުސް ބިދޭސީންނެވެ. މިވަގުތު ވެސް މުޅި ފެކަލްޓީގައި ވެސް މަސައްކަތް ކުރައްވަނީ އެންމެ ދިވެއްސެއް ކަމަށް ވެސް މަޢުލޫމާތު ލިބިފައި ވެއެވެ. އެތާ އެތެރޭގައި ދުވަނީ މަސާލާ ދޯސާ ވަހާއި، އިންޑިޔާ ލޮނުމެދުތެޔޮ ވަހެވެ. އެއީ މިހާރު ދިވެހީންނަށް ކެތްވާވަރުގެ ތަނެއް ނޫންކަމަށާއި އެއީ މިހާރު އިންޑިޔާ ބާރަތު ޕްރޮމޯޓްކުރާ މަރުކަޒެއް ކަމަށެވެ.

މައިކޮލެޖަކީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މޮއްޓަކީގެ ވިޔަފާރިއެކެވެ. އޭނާ ފުރަތަމަ ރާއްޖެ އައިސްފައި ވަނީ ޓީޗަރެއްގެ ވަޒީފާއަށެވެ. އެހެން ނަމަވެސް މިހާރު އޭނާ އަކީ ދެބައިކުޅަ އެއްބައި ދިވެއްސެކޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. ދިވެހިރާއްޖޭގެ ކޮންމެވެސް ސްކޫލެއްގައި ކިޔަވައިދެއްވަން އުޅުއްވި ދުވަސްވަރު ހިތާވި ދިވެހި ދަރިވަރަކާ ކައިވެނި ބައްލަވައިގެން ދަރީން ވެސް ވަނީ ލިބިވަޑައިގެންފައެވެ. އަދި ރާއްޖޭގައި މައިކޮލެޖުގެ އިތުރުން އެހެން ވިޔަފާރިތައް ވެސް ކުރައްވައެެވެ. އޭގެ ތެރޭގައި ބަންގާޅުން ގެރިމަސް އެތެރެކުރުމުގެ ވިޔަފާރިއާ ރެސްޓޯރެންޓް ވިޔަފާރި ހިމެނެއެެވެ.

މައިކޮލެޖުގެ ރެކްޓަރ ކަމުގައި ޑރ. އާމާލް ޢަލީ ހުންނެވި ދުވަސްވަރަކީ އެކޮލެޖުގެ އެންމެ ނަޔާ އުޖާލާ ދުވަސްވަރު ކަމަށް އެކޮލެޖުގައި ކިޔެވި އަދި ކިޔަވަމުން ގެންދާ އެތައް ސަތޭކަ ދަރިވަރުން އެއްބަސްވެއެވެ. ޑރ. އާމާލްގެ ކޮންޓްރެކްޓް މުއްދަތު ހަމަވުމުން މުއްދަތު އިތުރު ނުކޮށްދީ އެކަމަނާ ދޫކޮށްލެއްވީ ކޮލެޖުގެ ވެރިޔާއާ ކޮން މައްސަލައެއް ޖެހިގެންކަމެއް އެނގޭ ހަމަ އެއްވެސް ފަރާތެއް ނެތެވެ. އެހެން ނަމަވެސް ވަރަށް ގިނަ ބަޔަކު ދެކޭގޮތުގައި އަދި ބުނެއުޅޭ ގޮތުގައި ވެސް މައިކޮލެޖަކީ ޑރ. އާމާލް ޢަލީގެ ކޮލެޖެކެވެ. އަދި ގިނަ ބަޔަކަށް ހީކުރެވިފައި އޮންނަނީ ވެސް ހަމަ އެހެންނެވެ.

މީގެ ކުރިން ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ވަރަށް ރަނގަޅު ބޭބޭފުޅުން މައިކޮލެޖާ ގުޅިވަޑައިގަތެވެ. އެހެން ނަމަވެސް އެއިން އެއްވެސް ބޭފުޅަކަށް އެތާ ކުރިއެރުމެއް ނުލިބުނުތާ ކެތްކޮށްލެވޭ ވަރުވެސް ނުވިއެވެ. އެހުރިހާ ބޭބޭފުޅުން ވެސް ތަން ދޫކޮށް އެހެން ކޮލެޖުތަކާ ޔުނިވާސިޓީތަކަށް ބަދަލުވާން ޖެހުނީ ކޮންމެވެސް ރަމޭޝް ނަމަކަށް ކިޔާ އިންޑިޔާ މީހެއްގެ ނުފޫޒު ގަދަކަމުން ހަމަ އެއްވެސް ކަމެއް ކުރެވޭނެ ގޮތް ނުވެގެންކަމަށް ވެއެވެ. އަދި އެބުނާ ރަމޭޝް އަކީ ކޮލެޖުގެ ވެރިޔާގެ ވަރަށް އަރިސް ބޭފުޅެއް ކަމަށް ވެއެެވެ. އަދި އެބޭފުޅާގެ އަނބިކަނބަލުންނަކީ ވެސް ވަރަށް ނުފޫޒު ގަދަ ލެކްޗަރާއެއް ކަމަށް މަޢުލޫމާތު ލިބިފައި ވެއެެވެ.

One Reply to “އަހަރަކު އެތައް ހާސް ދަރިވަރުން ދަސްވެނިވާ މައިކޮލެޖު ބިދޭސީ ހާއްޔަކަށްވެ ދިވެހީންނަށް މަލާމާތް ކުރަނީ!”

  1. ސިއްރު ކުރަން ބޭނުން

    ވަރަށް ފަހުން މިދިޔަ އަހަރުގައި ވެސް މައި ކޮލެޖުން ވަނީ ކޯސްޓް ކަޓް ކުރުމުގެ ތެރޭގައި ވަރަށް ގިނަ މުވައްޒަފުން ކަނޑާލާފައި، އޭގެ ތެރޭގައި ކޮލެޖުގެ ސްޓޫޑަންޓް ސަޕޯޓް ޔުނިޓުގެ ޑީން، ކޮލެޖުގެ ވައިސް ރެކްޓަރ، އަދި މިނޫންވެސް މަޤާމުތައް ހިމެނޭ.

    އަޖައިބުކުރުވާ ކަމަކީ އެއިރު ކަނޑާލި އެއްވެސް މުވައްޒަފެއްގެ ތެރޭގައި ބިދޭސީ އެއްވެސް ބޭފުޅެއް ހިމެނިވަޑައި ނުގަންނަވާ. ކޮލެޖުގެ ސްޓޫޑަންޓް ސަޕޯޓް ޔުނިޓުގެ ޑީން، އަލްފާލިލް ހުމައިދު އަލީ މަޤާމުގައި ހުންނެވި އިރު ދަރިވަރުންނަށް ދިމާވާ ކޮންމެ ކަމެއްވެސް ވަރަށް ފުރިހަމައަށް ވަރަށް އަވަސްކޮށް ނިމިގެންދޭ. ނަމަވެސް މިހާރު އެފަދަ ކަންކަން ކުރިއަކަށް ނުދޭ. ވައިސް އެކްޓަރ އަކީވެސް ދަރިވަރުންނާއި މުވައްޒަފުންނަށް އިންތިހާއަށް ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް، ނަމަވެސް ކޮލެޖުގެ މެނޭޖްމަންޓުން އެބޭފުޅުންގެ އަގު ވަޒަންކޮށްދެއްވި ގޮތަކީ މީ.

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި