މިލައުތުރު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޯކައިދޫން އިޙްތިރާމާ ލޯބި…

ކުރީގެ ރައީސް އިއްޔެގައި ފޯކައިދޫއަށް ވަޑައިގަތުމުން ރައްޔިތުންގެ ހިތްތަކުގައި އޮތް އިޙްތިރާމާ ލޯބި ބަންޑުންކޮށްލައިފިއެވެ. ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް މުޙައްމަދު ސިނާނަށް ތާއީދު ހޯއްދެވުމަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގައި ރައީސް އިބޫ ފޯކައިދޫ ބަނދަރަށް ލެފީ މެންދުރުގެ އެންމެ ހޫނުގަދަ ވަގުތުކަމުގައި ވިޔަސް އެއްވެސް ޝަކުވާއެއް ނެތި ރައްޔިތު ކުޑި ބޮޑު އެންމެން ކަހަލަ ގޮތަކަށް އެމަނިކުފާނުގެ އިސްތިޤްބާލުގައި ކޮޅާކޮޅު ނުފެންނަ ދިގު ސަފުގައި ތިއްބެވެ.

ރައީސް އިބޫ ވެސް ދަނދަރު ސަރަޙައްދުގައި އެމަނިކުފާނުގެ އިސްތިޤުބާލުގައި ތިބި އެންމެހާ ފަރާތްތަކާ ސަލާމްކޮށް ޙާލުއަހުވާލު އައްސަވާ އޮޅުންފިލުވިއެވެ. ރައީސްގެ މޫނުފުޅުން ވެސް އަދި ފޯކައިދޫގެ ރައްޔިތުންގެ މޫނުން ވެސް ފެނިގެންދިޔައީ އުފާވެރިކަމެވެ. އެމީހުންގެ ތަރައްޤީގެ ބާނީކަމުގައިވާ ޤަބޫލުކުރާ މަރްޙޫމް ޙުސައިން ވަޙީދަށް ފޯކައިދޫގެ ތަރައްޤީގެ އެންމެހާ ކަމެއް ފަހިކޮށްދެއްވި ރައީސްގެ ގޮތުގައި ބަލައިގަންނަނީ ނުހަނު ލޯތްބާ އިޙްތިރާމާ އެކުގައެވެ. އެހެންކަމުން އިއްޔެ އަކީ މުޅި ފޯކައިދޫއަށް ވަރަށް ބޮޑު ދުވަހެކެވެ.

ރައީސް އިބޫ މަޑުކޮށްލެއްވީ މަރްޙޫމް ޙުސައިން ވަޙީދުގެ އާއިލީ ހަނދާންކަމުގައިވާ ހުވަނދުމާގޭގައެވެ. އެގޭގައި މަރްޙޫމް ޙުސައިން ވަޙީދުގެ އާއިލާގެ މެންބަރުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެއްވިއެވެ. އަދި އެ އާއިލާގެ ފަރާތުން ވެސް އެމަނިކުފާނަށް މެހެމާންދާރީ އަދާކުރެއްވީ އިޙްތިރާމާ ލޯތްބާއެކުގައެވެ. ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައެވެ.

One Reply to “ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޯކައިދޫން އިޙްތިރާމާ ލޯބި…”

  1. ފާތުން

    އިބުރާހީމް މ ސޯލިހް އަކީ ހުލްޤް ހެޔޮ ބޭފުޅެއް, ވަރަށް މަޑުމައިތިރި ބޭފުޅެއް

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި