މިލައުތުރު

މޯލްޑިވްސް ވޭވްގެ ވެރިޔާ ޒާޖީ ސުޖާއު މަކަރާ ޙީލަތުން 20 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ނެގުމަށް ފަހު ރާއްޖެ ދޫކޮށް ފިލައިފި.

އަމިއްލަ ބްރޭންޑެއްގެ ގަޑި އުފައްދާ ވިޔަފާރިއެއްގެ ގޮތުގައި މަޝްހޫރުވި މޯލްޑިވްސް ވޭވްގެ ވެރިޔާ ޒާޖީ އިސްމާޢީލް ސުޖާއު އެތައް ބައެއްގެ އަތުން މަކަރާ ޙީލަތުން ގިނަ ޢަދަދެއްގެ ފައިސާ ފޭރިގަތުމަށް ފަހު ރާއްޖެ ދޫކޮށް ފިލައިފިކަމަށް މަޢުލޫމާތު ލިބެއެވެ.

އެކި މީހުންނަށް އެއްގަމުގައި ދުއްވާ އުޅަނދުފަަހަރު ގެނެސްދިނުމުގެ ނަމުގައި ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށް ފަހު އޭނާ މިހާރު ވަނީ ފިލާފައެވެ. އެގޮތުން މަކަރާ ޙީލަތުން މީހުންގެ އަތުން އޭނާ ނަގާފައިވާ ފައިސާގެ ޖުމްލަ ޢަދަދު 20 މިލިޔަނަށް ވުރެ މައްޗަށް އަރާކަމަށް ވެސް މަޢުލޫމާތު ލިބިފައި ވެއެވެ. 65 މީހަކަށް ލަނޑުދިނުމަށް ފަހު ބޭސްފަރުވާއަށް ކަމަށް ބުނެ އޭނާ މިހާރު ވަނީ ރާއްޖެއިން ބޭރަށް ގޮސް ފިލާފައެވެ. އަދި އުޅޭ ޤައުމެއް ވެސް އެނގޭ މީހަކު ނެތެވެ.

މިދުވަސްކޮޅު މާ ދަންވަންދެން ވޯލްޑިވްސް ވޭވް ފިހާރަ ހުޅުވައިގެން މީހުން ވަދެ ނިކުމެވާތަން ނޫސްވެރިންނަށް ފެނުމުން އެތަނުގައި ކިއު ހަދައިގެން ތިބި ބައެއް ކަސްޓަމަރުންނާ ވާހަކަދައްކާލުމުން އެނގުނީ ޒާޖީގެ ބައްޕަ އަދި މަޝްހޫރު ވިޔަފާރިވެރިޔާ  ޗާނދަނީ އިސްމާޢީލް ސުޖާޢު މެދުވެރިވެގެން އެފަރާތްތަކާ ވާހަކަދައްކަނީއެވެ. އެގޮތުން ރޭގައި އެކަނި ވެސް އެތައް ބަޔަކު ފިހާރައަށް ގެންގޮސް ޝުޖާޢު ބައްދަލުކުރައްވާފައި ވާކަމަށްވެއެވެ. އަދި އޭގެ ތެރޭގައި ގިނައީ ދަރިފުޅު ޒާޖީގެ މަކަރުވެރި އަތްދަށުވެ މާލީ ގެއްލުންތައް ލިބިފައިވާ ފަރާތްތަކެވެ.

ޒާޖީގެ ބައްޕަ މިހާރު ގެންދަވަނީ އެހުރިހާ އެންމެންނާ ވެސް ބައްދަލުކޮށް ސުލްޙަވެރި ގޮތެއްގައި މުޢާމަލާތްތައް ނިންމޭތޯ ބައްލަވަމުންނެވެ. އެގޮތުން އެކި މީހުންނަށް އެކި ގޮތްތައް ހުށަހަޅުއްވާ އެކި މުއްދަތުތައް ކަނޑައަޅުއްވަމުން ގެންދަވާކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. މަޝްވަރާތަކުގެ ތެރޭގައި ބައެއް ފަހަރު މަޝްރަޙު ނޫނުވެ މާރާމާރީތައް ވެސް ހިނގާފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މާލޭގެ އެންމެ ނުރައްކާތެރި ގޭންގްތަކަށް ނިސްބަތްވާ ބައެއް ފަރާތްތައް ވެސް އެސަރަޙައްދުގައި ޙަރަކާތްތެރިވާ މަންޒަރު ފެނިފައި ވެއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެތާ ހުރި މީހަކު މަޢުލޫމާތު ދިންގޮތުގައި ޒާޖީ އެކަންކޮށްފައި ވަނީ މެގަޓްރޯން މޮޓޯރސްގެ ނަމުގައި ވެހިކަލް ވިއްކަން ވިޔަފާރިއެއް ރަޖިސްޓަރީ ކޮށްގެންނެވެ. އަދި ޒާޖީ އަމިއްލައަށް އެއްވެސް އެއްޗެއް އިމްޕޯޓް ނުކުރާކަމަށާއި އެހެން މީހުންގެ އަތުން ގަތުމަށް ފަހު، އަަމިއްލައަށް އިމްޕޯޓުކުރާ އެެއްޗެއްގެ ނަމުގައި ޖަރާޖު ސިޓީއާ އެކު ރަޖިސްޓަރީ ފުރިހަމަކުރާ ގޮތަށް މީހުންގެ އަތުން އެޑްވާންސްކޮށް ފައިސާ ނެގީކަމަށް ވެއެވެ. އަދި އެތަނަށް އެއްގަމު އުޅަނދު ވިއްކި ފަރާތްތަކަށް ވެސް ފައިސާ ދީފައެއް ނުވެއެވެ. އެހުރިހާ ފައިސާއެއް ވެސް ހިފައިގެން އޭނާ ވަނީ އަނބިމީހާ އާއެކު ރާއްޖެއިން ބޭރަށް ގޮސް ފިލާފައެވެ.

މި މައްސަލަ އެއްވެސް ފަރާތަކުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވާކަމެއް އަދި ކަށަވަރެއް ނުވެއެވެ.

27 Replies to “މޯލްޑިވްސް ވޭވްގެ ވެރިޔާ ޒާޖީ ސުޖާއު މަކަރާ ޙީލަތުން 20 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ނެގުމަށް ފަހު ރާއްޖެ ދޫކޮށް ފިލައިފި.”

  1. kurusee

    thiyaee bodethi vagunge family eh laahiku ekaku ves nuhunnaane bafaa ves thee bodu vageh

  2. މޯލްޑިވްސް ވަގު

    އަލިއެކްސްޕްރެސް އިން 5 ރުފިޔާއަށް ގަޑި ގެނެސްގެން އަމިއްލަ ނަން ޖަހައިގެން ވިއްކުމުގައި ކުރިން އުޅުނީ! ފިހާރައިގެ އޭސީ ހަލާކުވެފައި ހުންނަތާ 4 މަސް ވެއްޖެ! ތިޔަ ޝާޖީ ވެސް އަދި އަންނާނެތާ! ސައިޒު ވާދުވަހެއް އަންނާނެ!

  3. ޗާންދަނީގެ

    ޗާންދަނީގޭގައި ނުހުންނާނެ ތިޔަ ނޫން މީހެއް! ތިޔަ ޝުޖާ އަކީ ވެސް ރަތްލާޖެހި ބޮޑު ވަގެއް! ފުލުހުން ތިޔަ އާލާތްގަނޑު ހިފާ ހައްޔަރުކުރޭ!

    1. Vaanuvaa

      Chaandhanee shujau ey buneema dhen engijje goi

  4. ޝާޖީ އަމާ

    ތިޔަހެން މަކަރުން އުޅެނިކޮށް އަދި ރަހަލާނެ!

  5. އަލިކައްޓޭ

    މަގޭ އަތުން 2 ކާރުގެ އަގު ނަގައިގެން ބަޅު އެ ފިލީ! ދެން ރާއްޖެ ނާންނާތި ހައިވާނު!

  6. ވާންޗޯބެ

    އެތާ އުޅޭ މުއައްވިޒު ކިޔާ ޅާއެއް ވެސް ދުލުން ތެދެއް ނަހަދާނެ، ފޯނުކުރީމާ ޖަވާބެއް ނުދޭނެ! ހުސް ވަގުން! ކުއްތާތައް ހައްޔަރުކުރޭ!

  7. ދިވެހީންގެރާއްޖެ

    އެޅާގެ އަންހެނުން ނީލަންކިޔަންވީ! 65 މީހުންނަށް ބުފޭއަކަށް އަރުވާ! އެހެން ބެޗިގެން ނުވާނެ. ގައްދާތައް މައިތިރުކުރޭ. ފުލުހަކަށް ކަމެއް ނުވާނެ މިއީ ދޫނިރާއްޖެ.

    1. ޑޮހި

      ކަލޭ ފާފަ ކުރީމަ ކަލޭ އަންހެނުން ނަރަކަ އަށް ދާން ޖެހޭތަ. ރޯދަ މަހު ބުފޭ އޭ ހަށިވިއްކާ ޒިނޭ މާނަ ކުރެވޭ ގޮތަށް ވާހަކަ ދައްކާ އިރު ކޮބާ ލަދު؟؟ އޭނަ އަންހެނުން ޖަލައް ދާން ޖެހެންޔާ ދާނެ އެކަމަކު އެއްވެސް އަންހެނަކަށް ކުޑައިމީސް ކޮށް ވާހަކަދައްކާ އިރު އެނގެނީ ކަލޭ ގެ ފެންވަރު

      1. ދިވެހީންގެރާއްޖެ

        އެ ދެކުއްތާއޭ ފިހާރައިގާ ތިބެގެން މީހުން އަތުން ފައިސާ ފޭރުނީ. އެއްވަރުގެ ހަރާމްޖާދާތަކެއް.

  8. Kalhube

    ޗާންދަނީ ޝުޖާ އަކީ ވެސް ހުރަހަށް ވިހާފައި ހުރި ބޮޑު ޝައިތާނެއް. އުއްލޫކާ ޕައްޓާއެއް!

  9. Shalabee

    muskulhi bafaa goanyakah laafa thalhaalaa eves bodu vageh

  10. ހަގީގަތް

    ޯއާއިލާ އާ އެއްމެ ގާތް ރައްޓެހިންނައްވެސް ދަރާފަ

  11. ސުޖާގެ ދަނޑި އާދަން

    ޑިއަރ ސާޖީ ސުޖާ،
    ވަޓް ދަ ބަތްޕެންފޮޅި. ޔޫ އާ ސޯ ޑިސްކާސްޓިންގ. އައި ހޯޕް ޔޫ ވިލް ރީޑް މައި ކޮމެންޓް އެންޑް ޔޫ ވިލް ނޯވ މީ.
    ރިމެމްބަރ ދަ ޓައިމް ޔޫ ވޯންޓެޑް ޓު ޕުޓް ޔޯ ހޭންޑް އިން މައި ”ދެޓް ޒޯން“

  12. ކަލޭފާނު އާދަނުގެ ދަރި

    ޝާޖީ ޝުޖާއު ކަލެއަށް ތިޔަހެން މަރަށް ފިލޭނެތޯ؟ ގޮތެއް ފޮތެއް ނެތިގެން ތިޔަހެން ތެޅެނިކޮށް މީހާ ބަލިކަށި ވެދާނެކަން ހަނދާންކުރޭ! އަބަދު ތިޔަހެން ސްޕައިކް ޖައްސައިގެން ނޫޅެވޭނެ. ރީތި އަންހެނަކާ މުއްސަނދިކަން ލިބުނީ ދުނިޔެ ރަންވީ ދޯ؟

  13. ކަލޭ އަމާ

    ކޮންފަދަ ނުބައި އިންސާނެއް. އެތައް ބަޔެއްގެ އެތައް އަހަރެއްގެ ބުރަ މަސައްކަތް ދިރުވާލައިގެން ތިޔަ އުޅެނީ އަޗާތަޅަން ކަލޯ ހަނދާންކުރާތި ކަރުމާ ބައްދަލުކުރާނެ އޭރުން ބަފަޔަކަށް ވެސް ކަލޭ ސަލާމަތެއް ނުކުރެވޭނެ!

  14. އަހުމަދު ކާއިލް

    މީހުންނަށް ތިޔަ ކަހަލަ ބޮޑެތި ލަނޑުދޭ މީހުންގެ ނިމުން ހިތިވާނެ. ގެއްލުން ލިބުނު ފަރާތްތަކަށް ކެތްތެރިކަން ދެއްވާށި. އާމީން!

  15. ބޮއްޓާން ބުލުބުލު

    މި ހަރާމް ޒާދާ އުޅުން މި ފަހުން ބާޒާރު މަތިން މީހެއްއަތުން 2.5 މިލިއަން އަތުލަން 6 ކާރު އަދި އިމާރާތެއްް މޯގޭޖް ކޮއްފައި. ރަނގަޅަށް ބެލިއިރު މިއީ އެހެންމީހުން ގެ ޢެއްޗިސް ޢަދި އިމާރާތަކީ މުސްކުޅި ދައްތައެއްގެ ތަނެއް.

  16. ބޮއްޓާން ބުލުބުލު

    މި ހަރާމް ޒާދާ އުޅުން މި ފަހުން ބާޒާރު މަތިން މީހެއްއަތުން 2.5 މިލިއަން އަތުލަން 6 ކާރު އަދި އިމާރާތެއްް މޯގޭޖް ކޮއްފައި. ރަނގަޅަށް ބެލިއިރު މިއީ އެހެންމީހުން ގެ ޢެއްޗިސް ޢަދި އިމާރާތަކީ މުސްކުޅި ދައްތައެއްގެ ތަނެއް. ސަލަމް

  17. ހަލީމް

    ބަފާ ދިޔަ މަގުން ދަރިން ވެސް ދާނީ ޗާނދަނީ ގޭގައި ތިބޭނީ ހުސް ވަގުން!

  18. Moosa

    ބަފާ ދިޔަ މަގުން ދަރިން ވެސް ދާނީ ޗާނދަނީ ގޭގައި ތިބޭނީ ހުސް ވަގުން!

  19. Boda Vagu

    ކަލޯ ޝާޖީ ޝުޖާއު! ކަލޭގެ އިންތިޒާރުގައި އަހަރެމެން އެބަ ތިބިން! ބަފާ ލައްވާ ބިރުދައްކަން ނޫޅޭ! ތިޔަ ޖެއްސި ގިލަންވެރިކަމުގެ އަގު އަދާކުރަން ޖެހޭނެ!

  20. sarukaaru

    ދެރައީ މިރާއްޖޭގައި ތަހުގީގީ އިދާރާތައް ބަލިކަށި ކަމުން ކޮރަޕްޓްވެފައި ތިބޭކަން! ތިޔަކަމުގައި ފުލުހުންގެ އަތެއް ވާނެ.

  21. Dogs

    ފިހާރަ ފިހާރައިން ވައްކަން ކުރާ މީހުން މަގުމަތީ ދަމާލާހެން މިއާލާތުން ވެސް އޮރިޔާންކޮށްފައި މަގުމަތީ ދަމާލަންވީ ބަފަޔާ އެކުގައި.

  22. ގާޒީ

    ބަފާ ކުއްތާ ވައްތަރު ޅާއެއް!

  23. Muizzbe

    Chaandaneege ey bunyas gain heebihi nagaa thibeynee evvaruge bodethi vagun. Bafaa eyee enme bodu vagu. Zaaji akee ves vagah nadhaafa huri kuththaa eh thoache

  24. ބޭބީ

    ޒާޖި މީހަކާ އިނީ ކޮންއިރަކު؟

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި