މިލައުތުރު

އެދުރެއްގެ ފަރާތުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢަށް

އެދުރުގެ، ދިވެހި ރާއްޖެ.

މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބަލް ޑ.ރ އިސްމާއިލް ޝަފީއަށް،

ވެދުން ސަލާމަށް ފަހުދަންނަވަމެވެ.

ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި ދައްކަވައި ފާޅުކުރެއްވި އިހުސާސްތަކަށް ނުހަނު ޝުކުރު ދަންނަވަމެވެ. އަދި މިފުރުސަތުގައި މަނިކުފާނު އަޅުގަނޑުމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކޮއްދެއްވި ބައެއް ކަންކަން ފާހަގަ ކޮއްލައި މިޝުކުރު އިތުރު އިޙުސާތަކާއި އެކު ހާމަކޮއްލާނަމެވެ.

ހިނގަމުންދާ ދިރާސީ އަހަރުން 2 މަސް ދުވަސް އުނިކުރައްވައި ތިޔަކޮއްލަދެއްވި ފަސޭހަކަމަށް ޓަކައި ޝުކުރު ދަންނަވަމެވެ. އުނިކުރެއްވި 2 މަސް ދުވަހުގެ ތައުލީމު ދަރިވަރުންނަށް ދޭނެގޮތަކާއި އަދި އެދަރިވަރުނުންނަށް ތައުލީމީ ގޮތުން އުނިވެދާނެ ކަމެއް އޮވެދާނެތީ ރެޔާދުވާލު މިހޭދަކުރަނީ ޕުލޭންކޮއް މުގައްރަރު ގައި ވާބައިތައް ކަވަރު ކުރުމުގައެވެ. ހުކުރެއް، ހޮނިހިރެއް، ރެޔެއް ދުވާލެއް ބެލުމެއް ނެތިއެވެ. ކޮންމެ ދުވަހެއް ވެސް މިހޭދަކުރަނީ ޑަބަލްކޮށް މަސައްކަތް ކުރުމުގައެވެ. ގެއަށް ގޮސް ވެސް ފުރިހަމަ ނިދި ނުލިބިއެވެ. ވީމާ މަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.

އަޅުގަނޑުގެ ޓީޗިން ހަޔާތުގައި އޯލެވެލް ހަދަމުންދާ ދަރިވަރުންގެ އެންމެ ފަހު ދުވަސްވަރު އެކުދިން ދޫކޮށް ޗުއްޓީއަށް ފުރަން ޖެހުނު މިއީ ފުރަތަމަ ފަހަރެވެ. 2 އަހަރު އަޅުގަނޑު މި ހޭދަކުރީ ދަރިވަރުންގެ ބޮޑު އިމްތިހާނަށް ތައްޔާރު ކުރުމަގައެވެ. ކުރި ހުރިހާ މަސައްކަތެއް ބަހައްޓާފައި ޗުއްޓީޔަށް ދާން ތިޔަ ވިދާޅުވީ ދަރިވަރުންނަށް އެހީތެރިކަމެއް ދޭނެ ދެވަނަ ފަރާތެއް ހުރި ކަމަށް ބައްލަވާފައި ތޯއެވެ؟ އަހަރީ ޗުއްޓީގެ 3 ހަފުތާ ވެސް މިވީ ބޭކާރެވެ. މި ދަރިވަރުން އިމްތިހާނު ނުހަދަނީސް އަޅުގަނޑަކަށް ހިލާ ޗުއްޓީއަށް ދާކަށް ނުކެރޭނެއެވެ. މޮހޮނަށް ތިޔަދެއްވި އޮޑިޔަށް ހަމަ ޝުކުރިއްޔާއެވެ.

20 އަހަރުގެ ޓީޗިންގ ހަޔާތުގައި ވެސް 30 ދުވަހުގެ ޗުއްޓީއެއް ނުލިބިދާނެ ފުރަތަމަ އަހަރާ މިއޮތީ ކުރިމަތިލާން ޖެހިފައެވެ. ދަމަކުން ދުވަހެއް، ގަޑިއަކުން ވަގުތުކޮޅެއް ދޭ އުސޫލުން އަހަރީ ޗުއްޓީ ވެސް ތިޔަދެއްވީ މުޅި އަހަރުތެރޭ ހިތުހުހުރި ގޮތަކަށް ބަހާލައިގެންނެވެ. ލޭބަރ ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ ”ކޮންމެ މުއައްޒަފަކަށް ވެސް މަދުވެގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް“ އަހަރީ ޗުއްޓީގެ ގޮތުގައި ދޭންވާނެ ކަމަށެވެ. ނަމަވެސް މަނިކުފާނު ތިޔަ ދަންނަވަނީ ޗުއްޓީއެއް ޗުއްޓީތަކަކަށް ހެއްދެވުމަށެވެ. ރާވައިގެން އާއިލާއާއި އެކު ޗުއްޓީއަކަށް ދެވޭކަށް ވެސް ނެތެވެ. މީމާ ތިޔަ ދެމި ގުއިރޯނަށް ފަށްފަށުން ޝުކުރިއްޔާއެވެ.

މާތް މަނިކުފާނެވެ. ޓީޗަރުން މިހާރު މިތިބީ ނަފްސާނީ ވާ ހިސާބުގައެވެ. މިސިޓީ ނިންމާލުމުގެކުރިން މިއެދުރުގެ ފަރާތުން މަނިކުފާނަށް ނަސޭހަތެއް އަރުވާނަމެވެ. ދައްކަވާ ވާހަކަފުޅާ އެއްގޮތަށް އަމަލުތައް ވެސް ބަހައްޓަވާށެވެ. އެހެން ނޫނީ ލަދުވެތިވާން ޖެހޭ ފަދަ ޙާލަތެއް އަތުވެދާނެއެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

19 މާރިޗު 2024

 

ނޯޓް: މިއީ ކަންބޮޑުވުން ފާޅުކުރައްވާ ޓީޗަރަކު ފޮނުވާފައިވާ ސިޓީއެކެވެ.

18 Replies to “އެދުރެއްގެ ފަރާތުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢަށް”

  1. އަހޫ

    ދެބޯގެރި ދުއްވަނީތޯޗެ!

  2. Rashee

    Mihaaru o level kudhinge hiyves maraalaa gadha 10 hovun ves huttaa lehvuma Kee dharivarun ge ummeedhuga kolhufain jehunu kahala kamekeve. Dhaulathun kharadhu kuran jehenyaa beleniverin athun chandhaa nangavaigen ves kuran emmerangalheve . Mihaaruves beleni verin chandhaa laigen kuraa kathakeh madheh nuvaane eve

  3. ޖަމީލު

    ސުވާލަކީ ޓީޗަރުންނަށް އެއްވެސް ވަރަަކަށް ޗުއްޓީއެއް ނުލިބެނީތޯއެވެ. އަދި ޗުއްޓީއެއް ނުލިބޭ ގޮތައް މަސައްކަތް މަސައްކަތް ކުރަނީ ޓީޗަރުން އެކަނިބާވައެވެ. މިޓީޗަރުންނަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ މަދަނީ ބައެއްތޯ އެވެ. ރަސްމީ ގަޑި ނިމުމަށްފަހު ޓިއުޝަން ދެމުން ދުވަނީ ސްކޫލް ތަކުގައި ކިޔަވައި ދެވެން ނެތީމަތޯއެވެ.

    1. ވަރަށް ފޫހިވޭ

      ޓީޗަރުންނަކީވެސް އިންސާނުން، ލާރިޔަށްވުރެ މުހިއްމުދޯ މީހުންގެ ހޭ ބުއްދި ސަލާމަތުން ހުރުން. މި ޖީލަކުން ދެންނުފެންނާނެ ތިޔަކަހަލަ ކޮސް މީހަކު ނޫނީޔަކާވެސް. ޓިޗަރުންނަކީ ކަލޭމެންގެ ކަނއބަޅިން. ހިތުހުރިހާ ގޮތެއް ހަދާފަ ހިތުހުރިހާ އެއްޗެއްކިޔަން. ޓީޗަރުންގެ ނޯންނާނެ އެއްވެސް އަގެއް ޢެއީ ޙުސް ފައިފުހިން…!

    2. ހޫނު ހަސަނު

      ތިޔަ ބާލާލެއްވި ޙަސަދައަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

  4. Dhulhaheyo

    Mohonu.
    Adhi ithurukohlinama. Ramalaan mahuge fahudhiha Izzahtheri Raeesuljumuhooriyyaa bandhu kohdhevvi iru, olecel imthihaanu hadhaa kudhin ethibee ithuru gadi thakashaa enrichment gadithakaa extra gadi thakah edhi efhi e. Mi gadithah nunagaa vaane ehgothehves netheve. Sababakee dharivarunge fenvvaru dhahvaahaka ves dhahkavanee hama manikufaaneve. Raeesul jumuhooriyyaa dhevvi bandhu fahudhiha ces thi athulavvanee ahnulaa ahdho kiyuvvaa usooolun OT eh adhi ehen elavance ehves nethi eve. Ceeiru manikufaanah umurah salaam nubune vaakah ves netheve. Ehen kamun shukuriyyaa eve.

  5. eengeyka beynumeh noon

    vvvvvvv fakka this teachar ingeey hama bestu

  6. Alibe

    Rehendhi school gai enme extra class eh ves nagai nudheve. Grade 7 adhi 8 ge kudhin ge kiyevun kuri yah dhany varah dherakosheve. Enne unit test eh ves mi term ga nunagaeve. Rehendhi school ge kiyevun dhuvahu dhuvahah dhany dhah vamuneve. Beleniverin thibeny baaky Koh dhurukollafaeve. Evves mauloomaatheh discuss nukureve. School management in kudhin ge kiyevun kuri eruvumah ithuru masakkatheh kuraathaneh nufeneve. Kudhin ge syllabus covernuve mi ninmaalan jeheny school adhi education ministry ge ihumaalun neve. Baeh school thakugai roadhaige fauna term test fashaagothah SMT in ninmaafai egothahninmi eve. . Management fail vefaa vaa rehendhi school ah heyo gotheh hadhaidheyne minister eh beynumeve. School ge dhe deputy principal ge faruvaa kuda kamala Eve. Principal ge dictatorship ge dhashun teacherun nah kureveyne kameh netheve. Hurihaa gellumeh dharucatunnasheve. Minoon dhuvaheh mi school ah minvaru kuravvaashi.

  7. ފާތިމާ

    އެއްވެސް ތާކުންތާކު ޖެހޭ ލިޔުމެއްނޫނެވެ. މީގެ ކުރިން އަޅުގަނޑުމެން ޖެނުއަރީގައި އޯލެވެލް ހެދި އިރު ޗުއްޓީއަށް ވަޑައިނުގެން ތިއްބެވީ ކޮން ޓީޗަރުންނެއްތޯއެވެ. ތިޔައީ ހަމަ ސިޔާސީ ވުމެވެ. ދަރިވަރުންގެ އުމުރުން 6 ގެއްލުވާލި އިރު ބެލެނިވެރިން ތިޔަފަދަ ސިޓީއެއް ލިޔެފާވަނިކޮށް ފެނުނެވެ. ދަރިވަރުންގެ އުމުރުން 6 މަސް ގެއްލުވާލީތީ ހިތާމަކޮށެވެ. އެއްމެންނަށް ރަނގަޅެއް ނުވާނެއެވެ. ވާރޭ ނުވެހި ގިނަ ދުވަސްވީމާ ހޫނުވާތީ ވާރޭނުވެހި ގިނަދުވަސްވާތާ ވާރޭފެން ނުނެގޭތީ ޝަކުވާ ﷲއަށް އުފުލައެވެ. ހަމަ ވާރޭވެހެން ފެށީމަ އެމީހުން ޝަކުވާ އުފުލަނީ ދޮވުނު އެއްޗެހި ނުހިކިގެނެވެ. ސްކޫލަށް ދާގަޑީ ތެމޭތީއެވެ. ރަނގަޅު ގޮތަކީ ކޮބާހެއްޔެވެ.

  8. ބަދީއު

    ޓީޗަރުންނަށް ކިހާވަރެއް އަރުވާލާނެ, އެކުގައި އުޅޭ ސިޔާސީ މަގާމުތަކުގެ މީހުންބުނާގޮތަކަށްވެސް ކަމެއް ނުކުރޭ. ޕްރިންސިޕަލުންނަށް އޮންނަނީ މާލެ ނައަންނަން އަންގާފަ. ދުވަހަކު މާލެއިން ބޭރުސްކޫލެއްގެ ކަމެއް ބަލާނުލާ. ބެލި 2-3 ސްކޫލުން އެދުނު އެއްވެސް ކަމެއްވެސް ނުކުރޭ. އޭނާ އަދިވެސް ބަލަނީ ރައްޓެހިންނަށް މަގާމުދެވޭތޯ.

  9. ނިކަމެތި މީހާ

    މުދައްރިސުންނަކީ އަަބަދުވެސް ކަތިލަން ތައްޔާރު ކޮށްފައި ތިބޭ ކަންބަޅިތަކެއް. އަބަދުވެސް އޮތިއްޔާ އޮތް ދެރަގޮތެއް ހަދާނީ، ކިޔަން ބޭނުންހާ އެއްޗެއް ކިޔާނީ މުދައްރިސުންނަށް

    1. Dhaitha

      So true

  10. Teacher

    Edhuruge ihusaas thakah ihuthiraam kuran. Mi comment mi liyaneeves edhureh. Teacher egge gothuga masaiykaiy kuraathaa 22 aharu vejje. How Hukuru, honihiruga masaiykaiy nukuraa zamaaneh handhaaneh neiy. Noos thakuge fala surukhee in, .
    Hukuru dhuvas thah teacherunnah bandhu kurey. Ekamaku abadhuves Hukuru honihiruga school thakuge harakaaiy hingaa. Mi massala dhimaavee dhiraasee aharuge 2 mas unikoggen ves noon. School thakuge veringe reyvuntherikan kuda vumun. Mi massala feshunee dharivarun ge hurihaa zimmaa eh teacherunnah dhinumah hadhamundhaa policy thakuge sababun. Sarukaaruge gaanoonuthakaa, thauleemee dhaairaage policy thah battankoh fai huree “ kujjaage“ hurihaa zimmaa eh teachrun nagan jehey gothah. Natheejaa akah vanee teacherun hanaavun. Dhen othy kiyevumuge vaahaka.
    Alhugandu grade 10 nimmaa O’level hedhi iru,10 ga kiyavadhin teacherun vee chuttee ga. O’level fashan 1 mas onnairu teacherunnah aharee chuttee feshey. Eyru kiyevumakee Dharivaruge zimmaa eh. Mihaaru O’level akee teacheruge zimmaa eh.
    Zamaan ”tharaggee“ vaa varakah dharivarun naai beleveringe zimmaa kudakoh fa, teacherun ge zimmaa ithuru kurumee , eyge sababun teacherun ge nafsaanee dhulha heyokan gelleyne kameh. Kommeves bayaku mikan dhiraasaa koh visnaa fiyavalhu elhun muhimmu.

  11. Mohonu

    Dhivehinah rangalhu eh gothehves noanaane. Abadhuves goiy kiyumugai.

  12. މޮހޮނު

    ސިޓީ ކިޔާލުމުން ދޭހަވާނީ އެކެޑެމިކް އަހަރު ބަދަލުކުރުން މަސަލަކަށް ވެގެން އުޅޭތީއެަް ނޫން. ބަދަލުކުރުން ކުރާ މަސައްކަތް އަދި ރާވާފަވާގޮތުގެ މަސަލަތަކެއް. އެއްވެސް ބަޔަކާ މަޝްވަރާ ކުރުމެއް ނެތި ކޮއްފައޮތް ކަމެއްގެ ދޯދިޔާ ކަން. އަދި ގާނޫނުން ލިބިދޭ ހައްގުތަކަށް ވެސް ބެލުމެއް ނެތްކަން

  13. ގަބުޅި އިއްސޭ

    މުޅި ތަޢުލީމީ ނިޒާމް އަވަދިކޮށްލައިފި

  14. ޑރ. އަޙްމަދު މުޙައްމަދު

    ކޮބާތަ ތިޔަމީހާއަަށް ކުރަން އެނގުނު ކަމެއް! ޓީޗަރަކަށް އުޅުނުއިރު ކިޔަވައިދޭކަށް ނޭނގުން! ދެން ވަޒީރުކަން ވަކިން ކުރަން އެނގޭނެތޯ!

  15. Anonymous

    ޓީޗަރުންނަކީ ހުރިހާ ވެރިކަމެއްގައި ވެސް ހުކުރެއް ހޮނިހރެއް ނެތި މަސައްކަތްކުރާ ބައެއް.އެކްސްޓްރާ ކުލާސްތައް ނަގާ ބައެއް.މިއީ ހަމައެކަނި މިހާރުކުރާ ކަމެެއް ނޫން.ކަންކަން ސިޔާސޚ ކުރަނީ.ޗުެއްޓޚ ބަދަލުކުރާއިރު ކުރިން ވެސް މިކަހަލަ އްއްމީދު ނުކުރާ ކަންކަން އައި.ކަން ކަން ސިޔާސޟ ކުރަނީ

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި