މިލައުތުރު

ޑޯލީ ޗާއީވާލާ ރާއްޖެ އައުން އިންޑިޔާ މީހުންނަށް ހަޖަމެއް ނުވި، ނަފުރަތުގެ އަލިފާން ރޯކޮށްލައިފި.

ސޯޝަލް މީޑިޔާގައި މަޝްހޫރުކަން ހޯދާފައިވާ ޑޯލީ ޗާއީވާލާ ޗުއްޓީ ހޭދަކޮށްލަން ދިވެހިރާއްޖެ އައުމުން އިންޑިޔާގެ އޮންލައިން ނޫސްތަކުގެ އިތުރުން ސޯޝަލް މީޑިޔާ އިންފުލުއެންސަރުން އޭނާއަށް މަލާމާތްކޮށް ފުރައްސާރަ ކުރަން ފަށައިފިއެވެ.

އެމީހުން ބުނާގޮތުގައި ޗާއީވާލާ ދާންޖެހޭނީ ލަކްޝަދީބަށެވެ. އޭގެ ބަދަލުގައި ޗާއީވާލާ ރާއްޖެ އައުމަކީ ބޮޑުވަޒީރު މޯދީއަށް އިޙްތިރާމް ކުޑަކުރުމުގެ ޢަމަލެއްކަމަށާއި، އޭނާގެ ސައި ވިއްކާ ގާޑިޔާތައް ބޯއީކޮޓްކުރަން ޖެހޭކަމަށެވެ. އަދި އިންޑިޔާގެ އެއްވެސް ރައްޔިތަކު އެތަން ތަނުން ވިޔަފާރި ނުކުރުމަށް ވެސް ގޮވާލާފައި ވެއެވެ.

ޑޯލީ ޗާއީވާލާ ބުނާގޮތުގައި އޭނާ ކުރިން ހީކުރި ވަރަށް ވުރެ ވެސް ދިވެހިރާއްޖެ މާ ރީތިކަމަށާއި، މީހުން ހެޔޮ އަޚުލާގު ރަގަޅު ރައްޔިތަކު ދިރިއުޅޭ ޤައުމެއް ކަމަށާއި، ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރަނީ ސަބަބުތަކެއް ހުރުމުން ކަމަށެވެ. ޗާއީވާލާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އަދި އިންޑިޔާ މީހުން ފަތުރާ ނަފުރަތަަށް އެއްވެސް ފަރުވާލެއް ނެތެވެ.

ޗާއީވާލާ ރާއްޖެ އައިކަން އިޢުލާންކޮށް ޕޮޓޯތައް ސޯޝަލް މީޑިޔާގައި ޢާންމުކުރެއްވި ޝުޖާޢު ޙުސައިން އަކީ އޭނާގެ ރާއްޖޭގެ ރަސްމީ އޭޖެންޓްކަމަށް ބެލެވެއެވެ. އެހެނީ ހުރިހާ ޕޮޓޯއެއްގައި ވެސް އޭނާ ހުރެއެވެ. ނޫނީ އެއީ ވަރަށް ގާތް ދެރަޙްމަތްތެރިން ކަމުގައި ވެސް ވެދާނެއެވެ. މިކަން ޔަޤީންކުރުމަށްޓަކައި އޭނާއަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ ކަށަވަރު ކުރެވޭގޮތް ވަނީ ނުވެފައެވެ.