އެމްއެމްޕީއާރްސީގެ އިސްވެރިޔަކު އެތަނުގައި މަސައްކަތްކުރާ އަންހެން މުއައްޒަފަކަށް ޖިންސީ ފުރުއްސާރަ ކުރި ކަމަށް ބުނާ މައްސަލަ އެއް ފެންމަތިވެއްޖެއެވެ.
މީޑިޔާތަކުގައި ރިޕޯޓްކޮށްފައި ވާގޮތުން މިއީ މިމަހު ކުރީކޮޅު ރާއްޖެ އިޝްތިހާރުކުރަން ޖަރުމަނުގެ ބާލިންއަށް ދިޔަ ޓީމުގައި ހިމެނޭ އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީ ބައްސާމް އާދަމް ހިންގި ޢަމަލެއްކަން އެނގެއެވެ.
ބާލިން ދަތުރު ރިޕޯޓުގައި ޖިންސީ ފުރައްސާރަކުރި ޙާދިޘާގެ މައުލޫމާތު ހިމަނާފައި ވަނީ ސީދާ އެކޯޕަރޭޝަންގެ ސޯޝަލް މީޑިޔާ މެނޭޖަރ އައިޝަތު ލަތީފް ކަމަށް ވެއެވެ. އަދި އިތުރު ތިން މުވައްޒަފަކަށް ބައްސާމު ޖިންސީ ފުރައްސާރަކުރި ކަމަށް އެ ރިޕޯޓުގައި ބުނެފައިވާ ކަމަށް “ދިޔަވަރު“ ވެބްސައިޓްގައި ރިޕޯޓްކޮށްފައިވެއެވެ. އަދި އައްޑުއަންސް ކިޔާ ފޭސްބުކް ޕޭޖެއްގައި ވެސް މިކަމުގެ ތަފްޞީލްތައް ޙިއްސާކޮށްފައި ވެއެވެ.
މިވާހަކަތައް ފެތުރެން ފެށުމުން އެމްއެމްޕީއާރްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ މުވައްޒަފަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފަދަ އެއްވެސް މައްސަލަ އެއް ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށާއި، މައްސަލައެއް ހުށަހަޅާފައި ނެތްކަމުގައި ވިޔަސް އެފަދަކަމެއް ހިނގާފައި ނުވާކަން ކަށަވަރު ކުރުމަށް މެނޭޖްމަންޓުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ޑިސިޕްލިނަރީ ކޮމިޓީއާ އެމައުލޫމާތު ހިއްސާކޮށްފައި ވާނެކަމަށެވެ. މައްސަލަ ތަހުގީގު ކުރުމަށް ފަހު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.
“ޖިންސީ ފުރުއްސާރައިގެ އަމަލުތަކަކީ މި ކުންފުނީގެ މެނޭޖްމެންޓުން އެއްވެސް ހާލެއްގައި ބަލައިގަންނާނެ އަމަލުތަކެއް ނޫން، މިފަދަ އަމަލެއް ކޮށްފި ކޮންމެ މުވައްޒަފަކާ މެދު ކުންފުނިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަރުވަން“ އެމްއެމްޕީއާރްސީގެ ބަޔާނުގައި ވެއެވެ.
One Reply to “އެމްއެމްޕީއާރުސީގެ މުއައްޒަފުންނަށް ޖިއްސީފުރައްސާރަ ކުރީ ކުންފުނީގެ ޑީއެމްޑީ، ވަރަށް ބޮޑު ގޯހެއްގެ ފެށުން!”
Fanudhunmaari
މި ބައްސާމް އަކީ ބިޔަރު ދަޅެއް ބޮއިގެން ނައިސްވާ މީހެއް. ޢެއް ޖިންސުން ވެސް ގުޅުން ހިންގާ ނުކިޔާވާހުރި ޖާހިލެއް. މ. ފެންކުރި ބައްސާމް އަކީ ގުރޭޑް 10ގެ ފެންވަރުވެސް ނެތް ވަގު ސެޓްފިކޭޓް ހުށައަޅައުގެން އުޅޭ މީހެއް.
ޓޫރިޒަމް އިންޑަސްޓްރީ އެންމެންނަށް އިނގޭނެ މީނާގެ ފެންވަރު
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި