މިލައުތުރު

ކަކާގެ ގާތުން ވަރިވީ އޭނާއަކީ އަހަރެންނަށް ޙައްޤުވާ ވަރަށް ވުރެ މާ ފުރިހަމަ ފިރިއަކަށް ވީތީ – ކުރީގެ އަނބި މީހާ

ބްރެޒިލްގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކަކާގެ ކުރީގެ އަނބިކަނބަލުން ކެރޮލިން ފުރަތަމަ ފަހަރަށް ދެމީހުންގެ ކައިވެނި ރޫޅާލަންޖެހުނު ސަބަބާ ގުޅޭގޮތުން ވާހަކަދައްކަމުން ބުނެފައި ވަނީ ކަކާ އަކީ އޭނާއާ އެކަށީގެންވާ ވަރަށް ވުރެ ވެސް ރަނގަޅު އަދި ފުރިހަމަ ފިރިއެއް ކަމަށެވެ.

ކަކާ އޭނާއަށް ވަރަށް ހެޔޮކަމަށާއި، ބޭނުންވާ ހުރިހާކަމެއް ވެސް ކޮށްދިނީ ވަރަށް ފުރިހަމަކޮށް ކަމަށާއި، ލޯބި ލޯބި ދެ ދަރިން ވެސް ލިބިފައިވާ ކަމަށާއި، އޭނާއަކީ ވަރަށް ފުރިހަމަ ފިރިއެއްކަމަށެވެ. އެހެން ނަމަވެސް އޭނާ އުފާ ނުވާކަމަށާއި، އަބަދުވެސް ކޮންމެވެސް ކަމެއް އުނިވާކަމުގެ އިހުސާސްކުރެވުނު ކަމަށެވެ. އަދި ވަރިވާން ނިންމީ އެހެންގެވެން ކަމަށެވެ.

ކެރޮލިން މީޑިޔާއަށް ދިން މަޢުލޫމާތުތަކާ އުޅޭގޮތުން ކަކާ އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. އަދި މީޑިޔާގެ ފަލަ ސުރުޚީތަކުގައި ދެމީހުން ވަކިވާންޖެހުނު ސަބަބާ ގުޅޭގޮތުން ލިޔުފައި ވީނަމަވެސް ކަކާ ހަނު ހުންނަނީ ކީއްވެގެންތޯ ވަރަށް ގިނަ މީހުން ސުވާލު އުފައްދައެވެ.

ގިނަ މީހުން ދެކޭގޮތުގައި ކަކާ އަކީ ވަރަށް އަޚުލާޤު ރަނގަޅު ފިރިއެއް ކަމަށެވެ. އަދި ގިނަ މީހުންނަށް ގޯސްވީ ކެރޮލިންއެވެ. އަދި ކޮމެންޓުތަކުގައި ވާގޮތުން ވަރިވާންޖެހޭ ފަދަ ސަބަބެއް ވެސް ޙާލަތެއް ވެސް ނެތެވެ. އަދި އެއްވެސް އިންސާނަކީ ހުރިހާކަމެއް ފުރިހަމަ ވާނެ މީހެއް ނޫންކަމަށެވެ.