ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ ތަރި ކަރީމް ބެންޒެމާ އާއި ބޮލީވުޑްގައި ރީތިކަމަށް މަޝްހޫރު ފިލްމީ ތަރި އަދި މޮޑެލް އާއި ދެމެދު އޮންނަ ގާތް ގުޅުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
އުރުވަޝީ އަކީ އިންޑިޔާގެ ފިލްމީ ތަރިއަކަށް ވެފައި ޕްރޮފެޝަނަލް ފުޓްބޯޅައިގާ ދުނިޔޭގެ ފެންވަރުގެ ތަރިއެއް ކަމަށްވާ ބެންޒެމާ އާއި އެހާ ގާތް ގުޅުމެއް އޮވެދާނެކަމަށް އެއްވެސް ބަޔަކު އުންމީދު ވެސް ނުކޮށް ތިއްބާ ދެމީހުން އެކުގައި ވަރަށް ގާތްކޮށް އުޅޭ މަންޒަރު ފެންނަ ޕޮޓޯތަކާއި، އެދެމީހުން އަމިއްލައަށް ނަގާފައިވާ ސެލްފީތައް ސޯޝަލް މީޑިޔާއަށް ތިލަވުމުން ވަރަށް ގިނަ ބަޔަކަށް ހައިރާން ކަމެއް ލިބިގެން ދިޔައެވެ.
ދެމީހުންގެ މޫނުމަތިން ފެނުނު އުފާވެރިކަމާއި، ދެމީހުންގެ މައުނަވީ ޙަރަކާތްތަކުން ފެނިގެންދިޔަ ގާތް ގުޅުމަކީ ދުވަސްތަކެއް ވެފައިވާ ގުޅުމެއްކަން މީހުން ޔަޤީންކުރެއެވެ. އަދި ބައެއް މީހުން އެއީ އުފާވެެރި މަންޒަރެއްގެ ގޮތުގައި ސިފަކުރަމުންދިޔަ ނަމަވެސް އަނެއްބައި މީހުން ބެންޒެމާއަށް މަލާމަތް ކޮށްފައި ވެއެވެ.
ފާޑުކިޔާ މީހުން ބުނާގޮތުގައި ބެންޒެމާ އަކީ ދީނަށް ލޯބިކުރާ މީހެއްގެ ގޮތުގައި ފެންނަ މީހެއްގެ ފަރާތުން ފެންނަން އެހާ އެދޭކަމެއް ނޫންކަމާއި، އުރުވަޝީ އަކީ ހިންދޫ ދީނުގެ މީހެއްކަމާއި، ލަވަ އާއި މިއުޒިކާއި ނެށުމުގައި މުޅި ޙަޔާތް ވޭތުކުރާ މީހެއް ކަމަށާއި، އެއީ ބެންޒެމާ ފަދަ މީހަކަށް އެކަށީގެންވާ ކަމެއް ނޫންކަމަށެވެ.