މިދިޔަ ރަމަޟާން މަހުގައި ހުޅުމާލޭގައި ހިނގާދިޔަ ޙާދިސާއެއް ޙިިއްސާކުރައްވާ މީހަކު އެކްސްގައި ބުނެފައި ވަނީ ޤައުމުގެ ޙާލަތު އޮތީ ކަންބޮޑުވާ ހިސާބުގައި ކަމަށާއި، ޞުލްޙަ މަސްލަޙަތު ދެމެހެއްޓުމަށާއި، ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް ދިވެހި ފުލުހުން އިތުރު މަސައްކަތްތަކެއް ކުރައްވަން ޖެހޭކަމަށެވެ.
ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީ އަށް ވަޒީފާއަށްދާ މުއައްޒަފެއްގެ ސައިކަލު ޕާކްކޮށްފައި ހުއްޓާ އޭގެ ކުރީ ފުރޮޅު ވަގަށް ނެގުމުގެ ޙާދިސާ އަކީ މީހުންނަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ލިބުނު ކަމެކެވެ. މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ކޮންމެ މީހެއް ކަހަލަގޮތަކަށް ސައިކަލެއް ގެންގުޅެއެވެ. އަދި ޕާކްކުރަން ޖެހެނީ މުޅިން ވެސް ޢާންމު ޕާކިންގ ޒޯންތަކުގައެވެ. ލިބޭ ކުޑަ ޢާމްދަނީކޮޅަށް ގަންނަ ސައިކަލު ފަދަ ތަކެތީގެ ރައްކާތެރިކަން ގެއްލުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.
ސައިކަލު ނޫނަސް ހުޅުމާލޭގައި ޕާކްކޮށްފައި ހުންނަ ކާރުތަކުގެ ބައިތައް ވެސް ވަގަށް ނަގާ ކަޅުބާޒާރުގައި ވިއްކާ ކަމުގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ. ޓެކްސީ ދުއްވާ ބައެއް މީހުން ބުނާގޮތުގައި އެމީހުން މަސައްކަތް ނިންމާލުމަށް ފަހު ކާރު ޕާކުކުރަނީ ޢާންމު ޒޯންތަކުގައި ކަމަށާއި، އަނެއް ދުވަހު ދާއިރު ސަލާމަތުން އޮވެދާނެ ކަމުގެ އެއްވެސް އުންމީދެއް ނޯންނަ ކަމަށާއި، ވަރަށް ގިނަ ފަހަރަށް ކޮންމެ ވެސް ބައެއް ވަގަށް ނަގައިގެން މަރާމާތު ކުރަން ޖެހޭ ކަމަށެވެ.
ކަންބޮޑުވުމާއި ނުތަނަވަސްކަން ޙިއްސާކުރަމުން ބައެއް މީހުން ބުނެފައި ވަނީ، ވަޒީފާއަށް ދާ މީހުންގެ އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރު ކޮށްދެވެން ވާނެކަމަށެވެ. ހުޅަނދުތަކަށް އަހަރީ ފީ އާއި ރޯޑްވާދިނަސް އާއި އިންޝުއަރެންސާއި ދައްކައިގެން އުޅޭ އިރު، ދަޢުލަތުގެ ފަރާތުން ކަށަވަރުކޮށްދެއްވަން ޖެހޭ ރައްކާތެރިކަން، ރައްޔިތުންނަށް އިތުބާރުކުރެވޭ މިންވަރަކަށް ޔަޤީން ކޮށްދެވެން ވާނެކަމަށެވެ.
4 Replies to “ހުޅުމާލޭގައި ވައްކަންކުރުން މުޅިން އެހެން ލެވެލްއެއްގައި: ޢާންމުންގެ ކަންބޮޑުވުން އިންތިހާވެފައި!”
Anonymous
Thy mihaaru ekanyyeh noon 2005 vanadium harun feshigen cycle vagah nagaa
Anonymous
Mihaaru HulhuMale ekani jeheema nufudhay. HulhuMale jeheema Phase 2 ves himenay. Alhugandah bodah lafaakurevenee Phase 2 nuhimenay kamah
Anonymous
Islaamy Shaaree’ay qaaim nukureveyhaa hindhaku thiya edhey amaan kamaky libun dhuru ehcheh.
އިބޫ
ބައެއް މީހުން ބުނެދޭން އުޅޭކަހަލަ، ރާއްޖޭގަ ކުއްތަކަށް މި އަރައިގަންނަނީ މުއިއްޒު ވެރިކަމަށް އައީމައޭ، ކުރީ އެއްވެސް ސަރުކާރެއްގަ ނެތޭ ކުށެއް ކޮއްފައެއް. ބަލަ މި ދިވެހިރާއްޖޭގަ އަންހެންކުއްޖެއްގެ ބޯވެސް ބުރިކުރި، އެހެނިހެން ކުއްތަކަށްވެސް ރެއާއި ދުވާލު ދަނީ އަރައިގަންނަމުން އަބަދުވެސް. ހުރިހާ ކަމެއް ސިޔާސީ ނުކުރޭ!
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި