photo of silhouette photo of man standing on rock

މިލައުތުރު

އެމް.ޑީ.ޕީގެ ލީޑަރޝިޕާ މެދު ސުވާލު އުފައްދާ ފަރާތްތަކުން ކިޔާލުމަށް މޫކޭގެ ޙަޤީޤީ ވާހަކައެއް!

އިދިކޮޅު އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕާ ދޭތެރޭގައި ސުވާލު އުފައްދާ ފަރާތްތަކަށް މުހިންމު މަޢުލޫމާތުތަކެއް ހިމެނޭ ވާހަކައެއް ޙިއްސާކުރައްވައި، ރަނގަޅަށް ކިޔާލުމަށް އާރުޑީސީގެ ކުރީގެ އެމްޑީ މޫކޭ ޢާންމު މެންބަރުންނަށް ދަޢުވަތު ދެއްްވައިފިއެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމް.ޑީ.ޕީ ބަލިވުމާއެކު ޕަޓީގެ އެތަކެއް ވަރުގަދަ މޫތަކެއް ޕާޓީއަށް ގެއްލި، އާންމު އެތަކެއް ހާސް މެމްބަރުންނެއް މާޔޫސްކޮށްލި ކަމަށެވެ. ލީޑަރޝިޕް ބަދަލުކުރުމުގެ އަޑުތައް އެދުވަސްވަރު ވެސް ގަދަވި ކަމަށެވެ. އެ މާޔޫސްކަމާއެކު 2014 ގެ މަޖިލިސް އިންތިޚާބުގައި 20 ވަރަކަށް ގޮނޑި ލިބުމާއެކު ލީޑަރޝިޕް ބަދަލުކުރުމުގެ އަޑުތައް އިތުރުވެގެން ދިޔަ ކަމަށެވެ. އަދި ޕާޓީއަށް ވަފާތެރިކަމަށް ދެކެމުން އައި އެތައް މެމްބަރުންނެއް ޕާޓީ ދޫކޮށްގޮސް ޕާޓީއަށް މައްލަވަކުރިތަން ފެނުނު ކަމަށެވެ.

މާޔޫސްވުމެއް ނެތި ލީޑަރޝިޕުން ކުރި މަސައްކަތާއެކު 2018 ވަނަ އަހަރު އެމް.ޑީ.ޕީން އަލުން ވެރިކަން ހޯދި ކަމަށެވެ. ޕީ.ޕީ.އެމްގެ އެތަކެއް މޫތަކެއް އެޕާޓީ ދޫކޮށް ނުކުތް ކަމަށެވެ. އަދި ލީޑަރޝިޕު ބަދަލު ކުރުމުގެ އަޑުތައް ގަދަވެލި ކަމަށެވެ. 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުން މަދު ގޮނޑިކޮޅެއް ލިބުމުން އިތުރަށް އެއަޑު އަނެއްކާ ވެސް ގަދަވެ ޕީ.ޕީ.އެމްއެއް ދެނެއް ނޯންނާނޭ ބުނެ ވަހަކަ ދެއްކި ޕީ.ޕީ.އެމް މެމްބަރުން ވެސް މަދެއް ނޫން ކަމަށެވެ. އަދި މަދު ޢަދަދެއްގެ އާންމު މެމްބަރުންކޮޅަކާއެކު އެލީޑަރޝިޕުން ނުކުމެ ވެރިކަން ފުރޮޅާލާ މީހުންނަށް ވެސް ވެއްޖެ ކަމަށެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމް.ޑީ.ޕީ ބަލިވުމުން ވެސް އާކަމެއް ދިމާ ނުވާ ކަމަށެވެ. މަޖިލިސް އިންތިޚާބުން ބޮޑުކޮށް ބަލިވެއްޖެ ކަމަށެވެ. އެކަމަކު މިއީ އެމް.ޑީ.ޕީގެ ތާރީޚުގައި އިދިކޮޅުގައި އޮވެ އެންމެބޮޑު ހޭދައަކާ އެހީތެރިކަމެއް ޕާޓީއިން ފޯރުކޮށްދިން އިންތިޚާބޭ ދެންނެވުމަކުން ދޮގަކަށް ނުވާނެ ކަމަށެވެ. ލީޑަރޝިޕު އެކީ ނުކުމެ ކެމްޕެއިންގައި ބައިވެރި ވީކަމަށެވެ.

ދަންނާށެވެ. މިއީ ތަކުރާރުވަމުން ދާ ތާރީޚެއް ކަމަށެވެ. މިއީ ދިވެހީން މިކަން ކުރާން އާދަހިފި ގޮތް ކަމަށެވެ. އެކަކުވެސް ފެޔަށް ޖެހޭނެ ކަމެއްނެތް ކަމަށެވެ. ހިތްވަރާއެކު ހަމަ ކުރިއަށް ދާންވީ ކަމަށެވެ. ވާދައަކީ މޮޅާ ބަލި އޮންނަ ކަމެެއް ކަމަށެވެ. ވާދަކޮށްގެން މޮޅުވަމުން ބަދަލުކުރަމުން ދިޔައިމާ ހުންނާނީ އެންމެ ރަނގަޅަށްް ކަމަށެވެ. ބޯވައަކީ ކުލަބަދަލުވާ ސިޔާސީން ކަމަށެވެ. އެމީހުންނަށް އެއިރަކު އޮންނަ ކުލައެއް އެންމެ ހެޔޮވަރު ވާނެ ކަމަށެވެ. މާތްﷲ ގެ ވާގިފުޅާއެކު އެމް.ޑީ.ޕީ އެނބުރި އަންނާނެ ކަމާއި މެދު ޝައްކު ނުކުރެއްވުން އެދޭކަމަށެވެ.

© 2023 milauthuru. All rights reserved.