މިލައުތުރު

14 އަހަރުގެ ފިރިހެން ކުއްޖާ 13 އަހަރުގެ ލޯބިވެރިޔާ އާއެކު ކިރުކަކުނި ހިފަން ވަގުތު ހޭދަކުރި – ދެކެވޭ ވާހަކައެއް!

މ. ދިއްގަރު ފަޅުގައި އޮތް އައުޓްބޯޑް އިންޖީނު އެޅި ހައި ސްޕީޑް ލޯންޗެއް ވަގަށް ނަގައިގެން ލޯބިވެރިޔާ ދެކިލަން މާލެއަށް އައި 14 އަހަރުގެ ކުޑަކުއްޖާ އޭނާގެ ލޯބިވެރިޔާ އާއެކު ހުޅުމާލޭ ގޮނޑުދޮށުގައި ކިރުކަކުނި ހިފަން ވަގުތުކޮޅެއް ހޭދަކުރިކަމަށް ބުނާ ވާހަކައެއް ފެތުރެން ފަށައިފިއެވެ.

ފުލުހުން ބުނެފައި ވަނީ ދިއްގަރުން ލޯންޗެއް ވަގަށް ނަގައިގެން އަމިއްލައަށް ދަތުރުކޮށްފައި ހުޅުމާލެއަށް އައި 14 އަހަރުގެ ފިރިހެން ކުއްޖާ މިހާރު ވަނީ އޭނާގެ އާއިލާ އާއި ޙަވާލުކޮށްފައި ކަމަށެވެ. އަދި މީގެ އިތުރުން ހުޅުމާލޭ ފޭސް-2 ގައި 13 އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން އިއްޔެގައި ރިޕޯޓްކޮށްފައި ވާކަމަށާއި، އެކުއްޖާ ވެސް މިހާރު ފެނިއްޖެކަމަށާއި، ޙާލު ރަނގަޅު ކަމަށެވެ. އަދި އެ ދެކުދިން ފެނިފައި ވަނީ ކިރުކަކުނި ހިފަން ތިއްބާކަމެއް ނުވަތަ ނޫންކަމެއް ޔަޤީންކޮށްދީފައެއް ނުވެއެވެ.

ދެކެވޭ ވާހަކަތަކަށް ބަލާއިރު ދެލޯބިވެރިން ބައްދަލުކޮށް އެމީހުންގެ މަޤުޞަދު ޙާޞިލްކޮށްފައި ވާކަމަށާއި، އާއިލާތަކަށް ލިބުނު ހާސްކަމާއެކު ދެން އެކުދިންގެ ލޯބީގެ ގުޅުމަށް ވާނެގޮތެއް ނޭނގޭ ކަމަށެވެ. ބައެއް ތަޖުރިބާކާރުން ބުނާގޮތުގައި އެހާ ޅައުމުރުގައި އުފެދޭ އެފަދަ ގުޅުންތަކަކީ ޙަޤީޤީ ލޯތްބެއް ނޫނެވެ. އެކުދިންނަށް ރަނގަޅަށް ވިސްނެން ފެށުމުން އެޚިޔާލުތަކާ ދުރަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެހެންކަމުން މިއީ ލޯބީގެ ވާހަކައެއްގެ ފެށުންކަމުގައި ވެސް ނުވަތަ ނިމުންކަމުގައި ވެސް ވެދާނެއެވެ.

3 Replies to “14 އަހަރުގެ ފިރިހެން ކުއްޖާ 13 އަހަރުގެ ލޯބިވެރިޔާ އާއެކު ކިރުކަކުނި ހިފަން ވަގުތު ހޭދަކުރި – ދެކެވޭ ވާހަކައެއް!”

  1. އަލިފުޅު

    އުންމީދަކީ ދެކުދިންނަށް ކިރުކަކުނި ހިފުންކަމަށް!

  2. Anonymous

    އަތުވި ކިރުކަކުނީގެ ބޮލެއް ނެތްކަމައް ވަނީ.

  3. ނައިފަރޭ

    ނަސީބެއްނު ކިރުގޭ ކަކުނި ނުހިފިކަން

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި