01 މެއި 2024 ވީ ބުދަ ދުވަހަކީ ފެނަކަ ށ.މަރޮށީ ބުރާންޗްގެ އެންމެހައި މުއައްޒަފުންނަށް ލަދުވެތި ދުވަހެއްގެ ގޮތުގައި އެރަށު ވަސީމް ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ވަރަށް ތަފުސީލީ ގޮތެއްގައި ލިޔުއްވާފައި ވެއެވެ.
އެ ދެރޭ 00:00 އިން 08:00 އަށް ހިނގާ ދިޔަ 08 ގަޑިއިރުގެ ޑިއުޓީ ތެރޭގައި އިންސާނިއްޔަތާއި ވެސް ޚިލާފު މުޑުދާރު އަމަލެއް ވަނީ ހިންގާފައި ކަމަށާއި، ހެނދުނު 08:00 ގައި ޑިއުޓީ އާއި حوال ވި ޑިއުޓީ މުއައްޒަފުންނަށް ފެނިގެންދިޔައީ އެތަނުގެ މުއައްޒަފުން ބޭނުންކުރާ ފާޚާނާގެ ފާރު، ތަޅުން، ފާޚާނާ ތަށީގެ ބޭރާއި މޫނު ދޮންނަ ތަށީގައި މީހަކު ބޮޑުކަމު ގޮސް ނަޖިސް އުނގުޅާ މުޅި ފާޚާނާ ނަޖިސް ކޮއްފަވާ މަންޒަރު ކަމަށެވެ. އެ އަމަލު ހިންގި ފަރާތަކީ އޭނާ ދެކޭ ގޮތުގައި ވަރަށް ޖައްބާރު ނުލަފާ މީހެއް ކަމަށެވެ.
އުފެދޭ ސުވާލަކީ މިކަމެށް ހިނގި ވަޤުތު ޑިއުޓީ ގައި ސެކިއުރިޓީ ނެތީތޯ އެވެ. ނޫނީ ނިދާފައި އިނީތޯއެވެ. ޖުމްލަ ގޮތެއްގައި ށ.މަރޮށީ ބުރާންޗްގެ ސެކިއުރިޓީންނަކީ ޑިއުޓީ ގަޑީގައި ފޯނުން އަޑުހަރުކޮށް ކީރިތި ޤުރުއާން ޖަހައިގެން ނިދަން ތިބޭ ބައެއްގެ ގޮތުގައި ފާހަގަ ކުރުވުނު ނަމަވެސް މިފަދަކަންކަން އިސްލާހް ކުރެއްވުމައްޓަކައި ވެރީންގެ ސަމާލުކަމަށް އެތަކެށް ފަހަރު ވާނީ ގެނެވިފައި ކަމަަށާއި މިއިން އެއްވެސް ކަމަކާއި އަޅާނުލާ ދޫކޮއްފައިވުމަކީ ޑިއުޓީ އޮފިސަރުން ނިދާފައި ތިބުމަށް ލިބިގެންދިޔަ ލައިސަންސެއް ކަމަށް އޭނާ ދެކޭކަމަށެވެ.
ވަސީމް އިތުރަށް ލިޔެފައި ވަނީ ކޮންމެ ސެކިއުރިޓީ އޮފިސަރަކު ވެސް ޑިއުޓީގައި ނިދާފައި އިނދެގެން މަސް ނިންމާފައި -/10،000 ރުފިޔާ ގެއަށް ގެންދާނެ ކަމަށާއި، ވަޒީފާގެ ޒިންމާއެެއް މަސްޢޫލިއްޔަތެއް ނެތް ރަނގަޅު މަޤާމެއް ކަމަށެވެ. ހީވާގޮތުން ކުރާންޖެހޭ ހަމަ އެކަނި ކަމަކީ ނިދުމާއި މީޓިންތަކުގައި މަސްލަޙަތުގެ ނަމުގައި އަޑު އުފުލުން ކަމަށެވެ.
ތަނުގައި ދުވަސްވީ މުއައްޒަފުން އެހިނގާދިޔަ ޙާދިސާއާ މެދު ލަދުގަންނަ ކަމަށް ވެއެވެ. އެމީހުން ދެކޭގޮތުގައި އެއީ އެއްގޮތަކަށް ވެސް ފެނިގެން ވާނެކަމެއް ނޫންކަމަށް ބުނެ އެކަމާ ހިތާމަކުރާ ކަމަށް ވެއެވެ. އެހެން ނަމަވެސް މިހުރިހާ ކަމެއް ވެސް ސިއްރުކޮއްފައި އޮތް އޮތުމަކީ ބުރާންޗުގެ އެންމެހައި ވެރީން ވެސް އިހްމާލުވެފައިވާ މިންވަރުކަމުގައި ވަސީމް ދެކޭކަމަށާއި މި މައްސަލަ އެއްވެސް ވަރަކަށް ބައްލަވާފައި ނުވުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.
އޭނާ އިތުރަށް ލިޔުއްވާފައި ވަނީ މައްސަލަ ތަޙްޤީޤުކޮށް ބެލިފައި ނުވުމުގެ ސަބަބެއް ކަމުގައި އޭނާ ދެކެނީ ވެރީންގެ މަސްލަހަތު ހިމެނޭ ވަކި ބަޔަކު މިކަން ހިނގި ވަޤުތުގައި ޑިއުޓީގައި ތިބުން ކަމަށް ވެދާނެ ކަމަށެވެ. ނުވަތަ ވެރީންގެ ބަސްމަގާއި ޢަމަލްތަށް ހުންނަ ގޮތުން މުއައްޒަފުން ޒިންމާދާރު ނުކުރެވެނީ ކަމުގައި ވެސް ވެދާނެކަމަށެވެ.
ވަސީމް ސިފަކުރާގޮތުގައި މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހަކީ ށ.މަރޮށީގެ އެންމެހައި ރައްޔިތުންނަށް ހިތާމަ އާއި ލަދުވެތިކަން ބޮޑު ހުތުރު ދުވަހެއް ކަމަށާއި މަސައްކަތްތެރީންގެ ދުވަހުގެ އުފަލަށް ވުރެ ބޮޑީ ހިތާމަ އާއި ލަދުވެތިކަން ކަމަށެވެ.