މިލައުތުރު

މުޅި ޓްރާންސްޕޯޓް މިނިސްޓްރީ ޚަރާބުކޮށްލި ވަޒީރަކަށް މެޑަމް ނަހުލާ ވެއްޖެ!

ދިވެހި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީ އަކީ އެންމެ ބޮއްސުންލާފައި އޮތް ކަރަޕްޝަންގެ ހާއްޔަކަށްވެ މުޅި ނިޒާމް ޚަރާބުކޮށްލި ވަޒީރަކަށް އައިޝަތު ނަހުލާ އަދު ވެއްޖެއެވެ.

ޤާބިލްކަމާ ނާޤާބިލް ކަމުގައި ފަރަޤެއް ހުންނާނެކަން ޤަބޫލުކުރަން ޖެހެއެވެ. ވޭތުވެދިޔަ ދިގު މާޒީގައި ދުވަހަކު ދަށަށް ނުދާ މިންވަރަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޚުދުމަތްތައް ވެއްޓިފައި ވަނީ ނިމިދިޔަ ސަރުކާރުގައެވެ. އެސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރުކަމުގެ މަޤާމް ފުރުއްވާފައި ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއެވެ.

މިނިސްޓަރ އައިޝަތު ނަހުލާ އަކީ ދައުލަތުގެ ވުޒާރާއެއް ހިންގޭ ފެންވަރުގެ ޢިލްމީ ޤާބިލްކަމެއް ވެސް އަދި އެފަދަ ތަޖުރިބާއެއް ވެސް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ނޫނެވެ. އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ނުޒޫފުގައި އެކަމަނާއަށް ވަނީ ވަރީރުކަން ލިބިވަޑައިގެންފައެވެ. އެހެން ނަމަވެސް ނަހުލާގެ އެފަދަ ޤާބިލްކަމެއް ނެތްކަން އެނގުމުން މުއައްޒަފުން އެކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ނަތީޖާއަކަށް ވެފައި ވަނީ މުޅި މިނިސްޓްރީ ބޮއްސުންލުމެވެ.

އާޚިރުގައި މިނިސްޓަރ ނަހުލާގެ ނާޤާބިލްކަމުގެ އަގު އަދާކުރާން މިޖެހުނީ ނިކަމެތި ރައްޔިތުންނަށެވެ. ލޯނުތަކާއި އެކި މީހުންގެ އަތުން ދަރަންޏަށް ފައިސާ ހޯދައިގެން ގަތް ކާރުތައް ރަޖިސްޓަރީ ނުވެ، އިތުރު ޖުރުމަނާތަކެއް ދައްކަންޖެހި އެމީހުން ބިކަވެއްޖެއެވެ. ކުރިއަށް އޮތް ތިން އަހަރަށާ އެކު މިދިޔަ ސަރުކާރުން ވަނީ ކާރުތައް ރަޖިސްޓަރީ ކޮށްފައެެވެ. އެހެންކަމުން މިއަދު މާލެ އާއި ހުޅުމާލޭގައި ރަޖިސްޓަރީ ނުކުރެވިފައިވާ ކާރުތައް ވަނީ ފުނިޖެހިފައެވެ. ހިރުވާތަން ކަހާލާނީ ވެސް ކާކު ހެއްޔެވެ!

© 2023 milauthuru. All rights reserved.