އުސްތާޛް ޒަކީ

މުސްލިމް އުންމަތުގެ މުހިންމު ބައެއް ކަމުގައިވާ ފަލަސްޠީނުގައި ޙާލުގައި ޖެހިފައިވާ މީހުންގެ މައްޗަަށް ހެޔޮ ދުޢާ ކުރައްވާށެވެ.

މިއަދަކީ ދުޢާ އިޖާބަކުރެއްވުމުގައި ޚާއްޞަ ދުވަހެއް ކަމަށްވާ މާތްވެގެންވާ އަރަފާތު ދުވަހެވެ. މިއަދު ރޯދައަށް ހުރުމަކީ ބޮޑުވެގެންވާ ސުންނަތެކެވެ. ގިނަ ގުނަ ދަރުމަޔާ ސަވާބު ލިބުމުގެ އިތުރުން ފާފަތައް ފުއްސަވާ ދެއްވާނެތެވެ.

މިފަދަ މާތް ދުވަހެއް ބައްދަލުވާ ހިނދު، ޙާލުގައި ޖެހިފައިވާ ޣައްޒާގެ މުސްލިމް އަޚުންނާ އުޚުތުންގެ މަތިން ހަނދާންކޮށް، އެމީހުންގެ މައްޗަށް ހެޔޮ ދުޢާ ކުރުމަކީ މުސްލިމަކަށް ވީތީ ވެސް ކުރާންވާނެ ކަމެކެވެ. އަދު އެމީހުން ތަޙައްމަލް ކުރަމުން އެގެންދާ ނިކަމެތި ޙާލަތާ ބަރުދާސްތު ކުރަމުން އެގެންދާ އިންސާނިއްޔަތާ ވެސް ޚިލާފު އަނިޔާތަކުން މިންޖު ކުރައްވާތޯ ދުޢާ ކުރުމަކީ ހަމަ ކޮންމެ މީހަކަށް ކުރެވިދާނެ ކަމެކެވެ. ހަމަ ކަށަވަރުން މާތް ﷲ އީ ދުޢާ އިޖާބަކުރައްވާ އޯގާވެރިވަންތަ ރަސްކަލާންގެއެވެ.

ފަލަސްޠީންގެ ރަފާގައި ދިރިއުޅޭ ރައްޔިތުން މިއަދު ތިބީ ކޮން ޙާލެއްގައި ކަމެއް ނޭނގެއެވެ. އެހެނީ ރޭގައި އެމީހުންނަށް ލިބުނީ ކިހާ ވޭނެއް ކަމެއް ވެސް ނޭނގެއެވެ. ރަހީނުކޮށްފައި ތިބި ދެތިން ޔަހޫދީން ހޯދުމުގެ ނަމުގައި އިސްރާޢީލް ސިފައިންނާ އެމީހުންނާ ގުޅިފައިވާ އަނިޔާވެރި އެމެރިކާ ސިފައިން ރަފާގެ ތެރެއަށް ވަދެ ދެމުންގެންދާ ޙަމަލާތައް ރޭގައި ވެސް ހުއްޓާލާފައެއް ނުވެއެވެ. އަދި މިއަދުވެސް ހުއްޓައެއް ނުލާނެއެވެ. މިއީ އަނިޔާވެރިކަމުގެ ވެސް އިންތިހާ ނޫންތޯއެވެ.

ދިވެހި ލޮބުވެތި މުސްލިމް އަޙުންނާ އުޚުތުންނޭވެ. ބަރަކާތްތެރި ވެގެންވާ އަރަފާތު ދުވަހުގެ ރޯދައަށް މިއަދު ތިބޭއިރު، ޣައްޒާގައި ޙާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާ އުޚުތުންގެ މަތިން ހަނދާންކޮށް އެމީހުންނަށް ހެޔޮ ދުޢާ ކުރައްވާށެވެ. އެއީ ވެސް އަޅުގަނޑުމެންގެ މުސްލިމް ހަށިގަނޑުގެ ބައެެކެވެ. ޔާ ﷲ، ނިރުބަވެރި ޢަދާވާތްތެރި ޔަހޫދީ އަނިޔާވެރިކަމުން ފަލަސްޠީންގެ ޣައްޒާގެ ރައްޔިތުން ރައްކާތެރި ކޮށްދެއްވާށިއެވެ. އާމީން!

© 2023 milauthuru. All rights reserved.