މިލައުތުރު

އައްޑޫ ސިޓީގެ ގެތައް ދިއްލާ ޒީނަތްތެރި ކުރުމުގެ މުބާރާތުން ފެންނަނީ ހިތްގައިމު މަންޒަރުތަކެއް!

އައްޑޫ ސިޓީ ކައުންސިލުން ބޮޑު ޢީދާ ގުޅުވައިގެން ކުރިއަށް ގެންދާ ގެތައް ދިއްލާ ޒީނަތްތެރި ކުރުމުގެ މުބާރާތުގައި ބައިވެރިވާ ގެތަކުން ފެންނަނީ ވަރަށް ވެސް ހިތްގައިމު މަންޒަރުތަކެކެވެ.

ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި މުބާރާތުގައި ބައިވެރިވާ ގެތަކުގެ ޕޮޓޯތައް ގެންދަނީ ޙިއްސާކުރަމުންނެވެ. އަދި އާންމުންގެ ތާއީދު ހޯދުމަށް ބައިވެރިން ގެންދަނީ ޕޮޓޯތައް ޙިއްސާކުރަމުންނެވެ. މިހާތަނައް ގިނަ ޢަދަދެއްގެ ގެތަކުން ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.

އައްޑޫގެ ރީތި ގެތައް ރީތި ނަލަ ކުލަބޮކިތަކުން ވަނީ ޒީނަތްތެރި ކޮށްލާފައެވެ. ތަފާތު ކުޅަތަކާއި ތީމްތަކަށް ގެތައް ދިއްލާ ޒީނަތްތެރި ކޮށްލާފައި އޮތް އިރު، ރޭގަނޑު ފެންނަނީ ކުލަބޮކިން ޒަރީވެފައިވާ ބަގީޗާއެއް ހެންނެވެ.

ގެތަކުގެ ރީތިކަން ބަލައިލުމަށާއި ފޮޓޯއާއި ސެލްފީތައް ނެގުމަށް ފަތުރުވެރިންނާއި، އައްޑުއަށް ޒިޔާރަތްކުރާ މެހެމާނުން ދާކަމަށް މަޢުލޫމާތު ލިބެއެވެ. މިދުވަސްކޮޅު މުޅި ސްނެޕްޗެޓް ފްލަޑް ވެފައި ވަނީ އައްޑުގެ ރީތި ގެތަކުގެ މަންޒަރުތަކުންނެވެ.

© 2023 milauthuru. All rights reserved.