މިލައުތުރު

ކެމިކަލްގެ އަސަރު ހުންނަ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކެއުމުގެ ސަބަބުން އަންހެނުން ތުނބުޅި މަތިމަސް ފަޅާ – އިއްބެ ޖަނާބު

ކެމިކަލް މާއްދާތައް ހިމެނޭ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކެއުމުގެ ސަބަބުން އަންހެނުން ވެސް ތުނބުޅި މަތިމަސް ފަޅާ އެމީހުންގެ އަންހެން ވަންތަ ސިފަތަކާއި ރީތިކަން ގެއްލޭކަމަށް ރައްޔިތުންގެ މަޖިލިސްގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރ އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިއްހީ ހިދުމަތުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން ޢިއްޒަތްތެރި މެންބަރު އިބްރާހިމް ވިދާޅުވީ، ކޮވިޑް ވެކްސިން ޖަހައިގެން މަރުވި މީހުންގެ އާއިލާތަކަށް ހައްގު ހޯދައި ދޭން ޖެހޭ ކަމަށާއި، އެއީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ.

ޢިއްޒަތްތެރި މެމްބަރު އިބްރާހިމް އެގޮތަށް ވާހަކަފުޅު ދެއްކެވި ނަމަވެސް ވެކްސިންގެ ސަބަބުން އެއްވެސް މީހަކު މަރުވި ކަމަކަށް އެޗްޕީއޭ އިން މިހާތަނަށް ބުނެފައެއް ނުވެ އެވެ. ނަމަވެސް ކޮވިޑް ފެތުރު ދުވަސްވަރާއި އޭގެ ފަހުން ހިނގި ބައެއް ކުއްލި މަރުތައް އެއީ ކޮވިޑް ވެސިން އާއި ބައެއް ފަރާތްތަކުން ގުޅުވާފައި ވެއެވެ.

© 2023 milauthuru. All rights reserved.