މިލައުތުރު

މެނިންޖައިޓިސް އަކީ ރާއްޖެއިން އަލަށް ފެނުނު ބައްޔެއް ނޫން.

ބެކްޓީރިޔާއަކުން ލެޔާ ނޭވާލާ ނިޒާމަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއްކަމަށްވާ މެނިންޖައިޓިސް އަކީ ރާއްޖެއިން މުޅިން އަލަށް ފެނިފައިވާ ބައްޔެއް ނޫނެވެ. އެކި ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން މިބަލީގެ ކޭސްތައް ފެނިފައި ވެއެވެ. އެހެން ނަމަވެސް މިއީ އާންމު ބައްޔެއް ނޫނެވެ.

ރާއްޖޭގެ ފުޓްބޯޅަ ތަރި މުޙައްމަދު އާރިފް (ބަކާ) ވަނީ މިބަލީގެ އާލާސްކަންފުޅުގައި އިއްޔެގައި ނިޔާވެފައެވެ. ބަކާ ނިޔާވުމުގެ ޚަބަޔާއެކު މުޅި ރާއްޖެ ރޮއްވާލިއެވެ. އަދި އެއީ އަލަށް ފެނުނު ބައްޔެއްގެ ގޮތުގައި ބައެއް ނޫސްތަކުގައި ޚަބަރު ފަތުރާފައި ވެއެވެ.

އިންވޭސިވް މެނިންގޯކޮކަލް ޖެހުމުން ވަރަށް އަވަހަށް އޭގެ އަސަރު ސިނކުނޑިއަށް ކޮށް ސިކުނޑީގެ ބޭރު ފަށަލަ ދުޅަކޮށްލާކަމަށް ވެއެވެ. އަދި ލޭހޮޅިތަކުގެ ފާރުތައް ހަލާކުކޮށްލައެވެ. އޭގެ ސަބަބުން ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުން ލޭއައުމުގެ އިތުރުން ބޭރުގެ ހަންގަނޑުން ވެސް ލޭއަންނަގޮތް ދިމާވެއެވެ.

މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، ކަނދުރާއަށް ވާންއެރުން، މޭނުބައިކޮށް ހޮޑުލެވުން، ވާނުވާ ނޭނގޭ ގޮތްތަކެއް ވުން، މުޅިގައިގާ ހަތް ފިއްތަކެއް ނުވަތަ ލައްތަކެއް ޖެހުން، ފިޓްޖެހުން، އަލިގަދަވުމުން އުނދަގޫވުން، ވަރުދެރަވުން އަދި ނޭވާ އަވަސްވުން ހިމެނެއެވެ.

މިބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއްކަމުގައި ވިޔަސް އެެހެން އާންމު ރޯގާތައް ފެތުރޭހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫނެވެ. އެހެން ނަމަވެސް ބަލިޖެހިފައިވާ މީހެއްގެ ނޭވާއިން ނުވަތަ ކުޅުން މިބަލި އެހެން މީހެއްގެ ގަޔަށް ވާޞިލްވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

© 2023 milauthuru. All rights reserved.