މިލައުތުރު

ރައްޓެހިވެ ހިތާވެގެން އުޅުމަކީ ފިރިހެނާގެ ފިރިހެންކަން ގެއްލޭ ކަމެއް – ޒަމްޒަމް ފާރިޝް

ދީނީ ޢިލްމުވެރިޔާ އަދި ސޯޝަލް މީޑިޔާ އެކްޓިވިސްޓް ޒަމްޒަމް ފާރިޝްގެ ވަރަށް އަގުހުރި ސައިންޓިފިކް އިރުޝާދެއް ދިވެހި ފިރިހެނުންނަށް ދެއްވައިފިއެވެ.

މާބޮޑު ތަފުޞީލެއް ނެތް ނަމަވެސް ޝެއިޚް ޒަމްޒަމް ފާރިޝްގެ އިރުޝާދަކީ އޭގައި ޢިލްމީ ބަހުސްތަކެއް އެކުލެވޭ އިރުޝާދަކަށް ނުވަތަ ނަސޭޙަތަކަށް ވެދާނެއެވެ. އަދި އެއީ ޢިލްމީ ހޯދުންތަކެއްގެ މައްޗަށް ނުވަތަ ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި ބަސްފުޅެއްކަމުގައި ވެސް ވެދާނެއެވެ.

ކައިވެނީގެ ކުރިން ރައްޓެހިވެ، ހިތާވެގެން އުޅުމަކީ ފިރިހެނުންގެ ފިރިހެންކަން ގެއްލޭނެ ކަމަކަށް ވިޔަސް އަންހެނުންނަށް އެފަދަ ބަދަލެއް އަތުވެދާނެކަމަށް ވިދާޅެއް ނުވެއެވެ. ބެލެވޭގޮތުގައި ހިތާވެގެން އުޅުމުގެ ސަބަބުން އަންހެނުންނަށް ކުރާ އަސަރު ކުޑެވަފައި ފިރިހެނުންނަށް ކުރާ އަސަރު ހަމަ ބޮޑީކަމުގައި ބެލެވެއެވެ.

ދިވެހިރާއްޖޭގައި އާންމު ގޮތެއްގައި ޒަވާޖީ ޙަޔާތަކަށް ފެށެނީ ރައްޓެހިވެގެން ހިތާވެގެން އުޅޭތާ ދުވަސްތަކެއް ފަހުންނެވެ. ބައެއް ފަހަރު އެތައް އަހަރުތަކެއްގެ ފަހުންނެވެ. އެފަދަ ޙާލަތްތަކުގައި ކައިވެންޏަކަށް ދެވޭއިރު، ފިރިހެނާގެ ފިރިހެންކަން ހުންނާނީ ކެނޑިފައި ކަމުގައި ބެލެވެއެވެ. މިއީ ދިވެހި ފިރިހެނުން ވިސްނާލަން ޖެހޭ ކަމެކެވެ.

© 2023 milauthuru. All rights reserved.