މިލައުތުރު

ޔޫކްރޭންއާ ދެކޮޅަށް ފަނާކުރުވަނިވި ހަތިޔާރު ބޭނުންކުރަން ޖެހިދާނެކަމުގެ އިންޒާރު ރަޝިޔާއިން ދީފި.

ރަޝިޔާއާ ދެކޮޅަށް އެމެރިކާގެ ދުރުރާސްތާ މިސައިލް ބޭނުންކުރުމުގެ ހުއްދަ އެމެރިކާ ރައީސް ދެއްވުމާއެކު ރަޝިޔާގެ ރައީސް ޕޫޓިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫކްރޭނާ ދެކޮޅަށް ފަނާކުރަނިވި ހަތިޔާރުގެ ބޭނުންކުރަން ޖެހިދާނެކަމުގެ އިންޒާރު ދެއްވައިފިއެވެ.

ރަޝިޔާ-ޔޫކްރޭން ހަނގުރާމައަށް އެތަކެއް އަހަރެއް ވެފައިވާއިރު، ފަހުގެ ތާރީޚެއްގައި އަސްކަރީ ޙަމަލާތަކެއް ފެށިފައި ވަނީ 24 ފެބުރުއަރީ 2022 ގައެވެ. އެއީ ރަޝިޔާ ސިފައިން ޔޫކުރޭނަށް އެރުމުންނެވެ. ޔޫކްރޭންގެ އެންމެ އެކުވެރި އަދި ދުނިޔޭގެ ވެސް ބޮޑު ބާރެއްކަމަށްވާ އެމެރިކާގެ އެހީތެރިކަމާއެކު މިހާތަނަށް ވެސް ރަޝިޔާއަށް ވަނީ ޔޫކްރޭން ހިފުމަށް ނުކުޅެދިފައެވެ.

ޔޫކްރޭން ސިފައިން ވެސް ވަނީ ރަޝިޔާގެ ބައެއް ސަރަޙައްދުތަކަށް ވަދެ ޙަމަލާތައް ދީފައެވެ. އަދި ދެ ޤައުމުންކުރެ އެއްވެސް ޤައުމަކަށް ހަނގުރާމަ ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފައެވެ. އަދި ދެޤައުމަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އުތުރު ކޮރެއާގެ ފައުޖުތަކުން ރަޝިޔާއަށް އެހީތެރިވުމަށްޓަކައި ހަނގުރާމައިގާ ޙަރަކާތްތެރިވާން ފެށުމާއެކު ހަނގުރާމައިގެ މަސްރަޙް އަނެއްކާ ވެސް ބަދަލުވެއްޖެއެވެ.

ހަނގުރާމަތައް ދިރާސާކުރާ ފަރާތްތަކުން ލަފާކުރާގޮތުގައި ތިންވަނަ ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ކޮޅުމަތި ދަނީ ފެންނަމުންނެވެ. ރަޝިޔާއިން ފަނާކުރަނިވި ހަތިޔާރު ބޭނުންކޮށްފި ނަމަ، ދުނިޔޭގެ ޞުލްޙައަށް ބޮޑެތި ލޮޅުންތަކެއް އަރައި، ބައިބައިވުންތައް އިތުރުވެ، ބޮޑު ހަނގުރާމައެއް ފެށިދާނެކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.