މިލައުތުރު

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް “ޑީބީއެމް” އިފްތިތާޙުކޮށްފި.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ކަމަށްވާ ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމުކުރުމުގެ ވަޢުދުފުޅު ފުއްދަވައިދެއްވައި، ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް) މިރޭ ރަސްމީކޮށް އިފްތިތާޙު ކޮށްފިއެވެ.

މި ބޭންކު ތަރައްޤީކޮށްފައި ވަނީ ކުރީ ސަރުކާރުން ހިންގި އެސްއެމްއީ ހަބު އުވާލުމަށް ފަހު، އެތަން ޑިވެލޮޕްމަންޓް ބޭންކު ހިންގުމަށްޓަކައި އިމާރާތުގެ އެތެރެއަށް ބަދަލުތަކެއް ގެނެސް ޚިދުމަތްދޭ ކައުންޓަރުތައް ބެހެއްޓުމަށް ފަހުގައެވެ.

ޑީބީއެމް އިފްތިތާޙުކުރުމަށްޓަކައި މިރޭ ބޭއްވި ޚާއްޞަ ޙަފުލާގައި ބޭންކު ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ އިތުރުން ދައުލަތުގެ ޢިއްޒަތްތެރިންގެ ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ ރާއްޖޭގެ އިޤްތިޞާދު އަލުން ދިރުވައިދޭނެ މުހިންމު ބޭންކަކަށް ވާނެކަމަށާއި، ތަރައްޤީގެ އިތުރު ހަރުފަތްތަކެއް ގެނެސްދޭނެ މުހިންމު އިންސްޓިޓިއުޝަނަކަށް ވާނެކަމަށް އިޤްތިޞާދާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅިވިއެވެ.

© 2023 milauthuru. All rights reserved.