woman covering her face with white book

މިލައުތުރު

ހއ. ކެލާގައި ސްކޫލް އިމްތިޙާނު ދުވަސްވަރު ދަރިވަރުން ސިހުރުގެ ބިރުވެރިކަމުގައި…

ކެލާގައި ސިހުރުގެ އުނދަގޫ އެންމެ ބޮޑުވަނީ ސްކޫލްގައި ބޮޑެތި އިމްތިޙާނުތައް އޮންނަ ދުވަސްވަރާއި ދިމާކޮށްކަމަށާއި، އެ ފަދަ ދުވަސްވަރު ދަރިވަރުން އާދަޔާ ޚިލާފަށް ބަލިވުމާ ހާސްވުން ފަދަ ކަންކަން ދިމާވަމުން އަންނަކަމަށާއި، އެކަން އޭގެ ފަހަށް ވެސް ދެމިގެންދާތީ ވަރަށް ކަންބޮޑުވާކަމަށް  އެރަށު މީހުން ބުނެފިއެވެ.

މިކަމުގެ ޝަކުވާތަކަކާ ގުޅިގެން އަތޮޅުވެރިކަން ކުރާ ހއ. ދިއްދޫއިން ގިނަ އަދަދެއްގެ ފުލުހުން އިއްޔެގައި ކެލަޔަށް ގޮސް ޝައްކުކުރެވޭ އެރަށުގެ ފަންސާހަކަށް ގެއަށް ފުލުހުން ވަދެ ބަލާ ފާސްކޮށްފައި ވެއެވެ.

ކެލާ މީހަކު ބުނިގޮތުގައި ފުލުހުން އެ ހުރިހާ ގެއަކަށް ވަދެފައިވަނީ ހަމަ އެއް ވަގުތެއްގައިކަމަށާއި، އެ ގެތަކުން އެކި ފާޑުފާޑުގެ ގިނަ ޢަދަދެއްގެ ފޮތްތައް ގެންދިޔަކަމަށެވެ. މިފަހަރު ވެސް ފުލުހުން އެރަށް އެރީ ދެ ދުވަހެއްގެ ކުރިން ވަރަށް ގިނަ މީހުންތަކެއް އާދަޔާ ޚިލާފަށް ބަލިވާތީ ރައްޔިތުން ކަންބޮޑުވެފައި ވަނިކޮށެވެ.

© 2023 milauthuru. All rights reserved.