ފްރާންސްގެ އާއިލާއެއް ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭތާ 12 އަހަރު ވެއްޖެ، ދައުލަތުގެ ކަމާގުޅޭ އެއްވެސް އިދާރާއަކަށް ފާހަގައެއް ނުވޭ އަދި މައްސަލައަކަށް ވެސް ނުވާކަން ކަށަވަރު ވެއްޖެއެވެ.
ޤައުމެއްގެ އެންމެ އަސާސީ ސިފަތަކުގެ ތެރޭގައި ހިމެނޭކަމެއްް މިހާ ދޯދިޔާކޮށް އޮތުމަކީ އިންތިހާއަށް ދެރަކަމެއް ކަމުގައި ދެކޭ މީހުން ބުނާގޮތުގައި، މިއީ ޤަބޫލުކުރެވޭނެ އަދި މާފުކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އެ އާއިލާ ދިރިއުޅެމުން އަންނަނީ ތ. ވޭމަންޑޫ ގައެވެ. އަދި އެއީ މުސްލިމް އާއިލާއެއް ކަމަށް ވެފައި ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި އެމީހުންނަށް ގޮތެއް ހޯދައިނުދެވި އޮތް އޮތުމަކީ މައްސަަލައެކެވެ.
އެމީހުން ދިރިއުޅެނީ ރަށުގެ މީހުންނާ މާބޮޑު ގުޅުމެއް ނުބާއްވައެވެ. ރަށުގެ ބައެއް މީހުން ބުނާގޮތުން އެ ދެމަފިރިންނާއި އެ މީހުންގެ ފަސް ކުދިންގެ ފަރާތުން ވެސް އުނދަގުލެއް ނުފޯރަ އެވެ. ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދަނީ ފިރިހެން މީހާ މަހަށް ގޮސްގެން ކަމަށާއި، ކެއްކުމަށް ބޭނުންވާ ދަރު އެއްކުރަން ވަލަށް ދަނީ އަންހެން މީހާ ކަމަށް ވެއެވެ. އަދި އިރިއުޅެނީ އެރަށުގެ ގެއެއް ކުއްޔަށް ހިފައިގެންނެވެ.
އެމީހުން މީގެ 12 އަހަރު ކުރިން އެމީހުންގެ ތިބި ތިން ކުދިންނާ އެކު ރާއްޖެ އައީ ޓޫރިސްޓު ވިސާގައެވެ. އަދި ތިން މަސް ދުވަހުގެ ވިސާ މުއްދަތު ހަމަވިއިރު ފުރޭގޮތެއް ނުވުމުން އެންމެ ފަހުން ރާއްޖޭގައި ވަޒަންވެރިވީ އެވެ.
One Reply to “ޤަވައިދާ ޚިލާފަށް އުޅޭ ފްރާންސްގެ އާއިލާއެއް ތ. ވޭމަންޑޫގައި 12 އަހަރު، އިމިގްރޭޝަނަކަށް ނޭނގޭ.”
samadhu
Dhoonokuraathi. Emeehun dhon veema thi thinevuny. Bangaalhu aailaa eh nama nutibeveyne
European viyas gavaidhaa eh gothah ulheveynee. deport kollaa
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި