މިލައުތުރު

އެމްޑީޕީން މަގުމައްޗަށް ނިކުތުމުން ސިޔާސީގޮތުން މުޅިއެތި ގުޑާފާނެބާ!

އިދިކޮޅު އެމްޑީޕީން ސީދާ ހަރަކާތަށް ނިކުތުމަށް ނިންމާފައިވާ އިރު، އުފެދޭ ސުވާލަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތުން ސަރުކާރު ޖަވާބުދާރީކޮށް، ޤައުމު ހަމަ މަގަށް އެޅުވިދާނެތޯއެވެ.

އިދިކޮޅުން 31 ޖެނުއަރީ 2025 ގައި މަގުމައްޗަށް ނިކުތުމުން މާލެއަށް ބޮޑު ހަލަބޮލިކަމެއް އަންނާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މާޒީން ދައްކުވައިދިން ޙަޤީޤަތަކީ ވެސް، ލައިދިން ފިލާވަޅަކީ ވެސް އެއީ ނޫންތޯއެވެ. އެހެންކަމުން އެއްވެސް ކަމަކަށް ނުހަދާ ފަރުޖައްސާލައިގެން ތިބެވިދާނެ ކަމަކަށް ނުބެލެވެއެވެ. ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް އަނެއްކާ ވެސް ތޮއްޖެހިފައިމިވާ މާލެ ދާނެތެވެ.

އެމްޑީޕީގެ ޙަރަކާތްތައް ވަރުގަދަކޮށް، ތަރުތީބުކުރުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ވަރަށް ހަރުކޮށް އެޕާޓީން ބުނަމުން އެބަދެއެވެ. ނަތީޖާއެއްގެ ގޮތުން ދަ ޑިމޮކްރެޓްސްގެ ލީޑަރޝިޕް ލެވެލްގައި ތިބި ގިނަ ބަޔަކު އެމްޑީޕީއަށް ރުޖޫޢަވެެއްޖެއެވެ.

© 2023 milauthuru. All rights reserved.