މިލައުތުރު

ޗެލެންޖް ކޮށްފައި ބުނަން މިލަންދޫ ޕީއެންސީއަށް ބިމެއް ހިއްކައިގެން ތަނެއް ނޭޅޭނެ – ކުރީގެ މެންބަރު އަލީ ރިޒާ

ރައްޔިތުންގެ މަޖިލިސްގެ މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާ މިލަންދޫ ޕީއެންސީއަށް ޗެލެންޖުކޮށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އޭނާ ޗެލެންޖް ކޮށްފައި ބުނީ މިލަންދޫ ޕީ.އެން.ސީ ކުދިންނަށް ’ބިމެއް ހިއްކައިގެން‘ ތަނެއް ނޭޅޭނެ ކަމަށާއި، އޭނާގެ މަޖިލިސް މެންބަރުކަމުގެ ދައުރުގައި ޗަކަ ބިން ހިއްކައިގެން 50 ހައުސިން ޔުނިޓް އަޅައި، ޗަކަބިން ހިއްކައިގެން ޓާފް ބޮޑު ދަނޑެއް އަޅައި ނިންމާލިތަން ނުފެނޭތޯ އެވެ.

 ޗަކަބިން ހިއްކައިގެން އާ ފުޓްސަލް ދަނޑު ، ޒަމާނީ ވޮލީ ކޯޓު ، ހޭންޑްބޯލް ކޯޓެއް އެޅިކަމަށެވެ. ބިން ހިއްކައިގެން ރަށަށް ބިން އިތުރުކޮށް 1 ކިލޯ މީޓަރުގައި ބޮޑު ހިލަ ޖަހައި ނިންމާލި ކަމަށެވެ. ހޮސްޕިޓަލެއް އަޅާނެ ޗަކަބިމެއް ހިއްކާއިދީފައި އޮންނާނެ ކަމަށާއި ކެރެންޏާ ޕީއެންސީ ކުދިން އެތާ ހޮސްޕިޓަލެއް އަޅަންވީ ނޫންތޯއެވެ. މިލަންދޫ އާ ޕޮލިސް ސްޓޭޝަން އަޅާނެ ބިމެއް ހިއްކާއިދީފަ އޮންނާނެ ކަމަށާއި، މިލަންދޫ ކުޑަކުދިންގެ ޕާކް މިހާރު ބޭނުންކުރާ ބަޔަށް ވެސް އަދި އަޕްގްރޭޑް ނުވެ އޮތްބަޔަށް ވެސް އެވަރުވީ ލައްކަ ވެލި އަޅައިގެން ކަމަށެވެ. ބަނދަރު އަޕްގްރޭޑް ކުރުމާއެކު ބަނދަރުގެ ބޭރު ދެކޮޅުން ދެ ބިން ހިއްކައި ދެކޮޅުގައި 2 ބްރިޖު އަޅާއި ރަށާއި ގުޅާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފައި ވާނެ ކަމަށެވެ.

އޭނާ އިތުރަށް ބުނިގޮތުގައި ޗަކަބިން ހިއްކައިގެން ( އެމް.ޓީ.ސީ.ސީ ސައިޓް) ހަދާފައި ހުރީމާ  ފެންނާނެ ކަމަށާއި، ބަނދަރު ޕްރޮޖެކްޓާއެކު ލިބޭ ވެލިން މިހާރުވެސް އިންޑަސްޓްރިއަލް އޭރިޔާ ހިއްކަމުން ދާތީ ރައްޔިތުން ފައިދާ ވާނެ ކަމަށެވެ. ޗަކަބިމަށް ވެލިއަޅައި ހިއްކުމަކީ ބަނދަރު ޕްރޮޖެކްޓްގެ ބައެއް ވެލި އެއޮތީ ކަމަށާއި، ގަޓު ހުރިއްޔާ އަޅައިގެން ތަނެއް ހިއްކައިގެން ހެދޭނެތޯ އެވެ.

ސަލާމަތުން ލޯތައް ހުރިކަން ނަސީބު ކަމަށާއި ގިނަ ބޭފުޅުންނަށް ޖޮބް ލިބޭތީ ވަރަށް އުފާވާނެ ކަމަށާއި، ގަދަރުވެރި އަބުރުވެރިކަމަކީ ހަސަދަވެރިކަމެއް ނޫން ކަމަށާއި، މިކަމާ ގުޅިގެން އިސްރާޢީލުގެ ރަސްމީ އެއްވެސް އިދާރާއަކުން އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައި ނުވާނެ ކަމަށެވެ. މިކަމާ ގުޅިގެން މުސްލިމުން ގެންދަނީ ހިތާމަ ފާޅުކޮށް، ޝައިޚް ދޫކޮށްލުމަށް ގޮވާލަމުން ކަމަށެވެ.

One Reply to “ޗެލެންޖް ކޮށްފައި ބުނަން މިލަންދޫ ޕީއެންސީއަށް ބިމެއް ހިއްކައިގެން ތަނެއް ނޭޅޭނެ – ކުރީގެ މެންބަރު އަލީ ރިޒާ”

  1. ކިޔާ މީހާ

    އެންމެ ފަހުން އިސްރާއީލްގެ ވާހަކަ އޮތީ ކީއްވެތޯ؟ އިސްރާއީލްއާއި މިކަމާ އޮތީ ކޮން ގުޅުމެއް 🤣. އަޅުގަނޑަށް އެކަނި ފެންނަ ގޮތްބާ

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި