ފުނަދޫ ބަލިކޮށް މިލަންދޫ އިން ކުއާޓަރ ފައިނަލް ކަށަވަރު ކޮށްފި.

މިލައުތުރު | 13 އޮކްޓޯބަރ 2025 | ކުޅިވަރު

މިލައުތުރު ފުޓްސަލް މުބާރާތުގައި ވާދަވެރި ފުނަދޫ އާއި ދެކޮޅަށް މިއަދު ހަވީރު މިލަންދޫ ކުޅުނު މެޗް 2 – 0 ގެ ނަތީޖާއަކުން ކަމިޔާބުކޮށް ކުއާޓަރ ފައިނަލްގެ ޖާގަ ކަށަވަރުކުރި ޓީމަކަށް އެޓީމު ވެއްޖެ އެވެ.

ފޯރި ގަދަ މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ މިލަންދޫ ޓީމުގެ ޖޯޒީ ނަންބަރު 8 އިބްރާހީމް ސައީދެވެ.

Advertisement

ޓީމެއްގެ ގޮތުގައި އެންމެ ބަދަހިކޮށް ފެންނަ އެއް ޓީމުކަމަށްވާ މިލަންދޫގެ ފުރަތަމަ މެޗުގައި މާއުނގޫދޫ އާއި ބައްދަލުކޮށް 4 – 0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވަނީ ކާމިޔާބު ކޮށްފައެވެ.

މިލަންދޫ އޮތީ 6 ޕޮއިންޓާ 6 ފައިދާ ގޯލާއެކު ޕޮއިންޓް ތާވަލުގެ އެންމެ އުހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.