ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ ފޯކައިދޫއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެންގެވުމަށް މިއަދު މެންދުރު ނަމާދަށް ފަހު ފޯކައިދޫ ބޮޑު މިސްކިތް ބަންދުކުރަން ވަނީ ނިންމަވާފައެވެ.
ފޯކައިދޫ ކައުންސިލުން ކުރެއްވި އިޢުލާނެއްގައި ވާގޮތުން މިއަދުގެ މެންދުރު ނަމާދަށް ފަހު، މަސްޖިދުލް އީމާން (ބޮޑު މިސްކިތް) ބަންދުވާނެއެވެ. މަސްޖިދުލް އީމާނަކީ ފޯކައިދޫގެ މަޝްހޫރު ހުކުރު މިސްކިތެވެ.
ކައުންސިލްގެ އިޢުލާނުގައި މިސްކިތް ބަންދުކުރާ ސަބަބަކަށް ބަޔާންކޮށްފައި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެގޮތަށް އިރުޝާދު ދެއްވާފައިވާތީ ކަމަށެވެ. އެހެން ނަމަވެސް އެއީ މާދަމާ ރައީސް ވަޑައިގަންނަވާތީ ކަމެއް، މިސްކިތް ތަޅާލަންކަމެއް ނުވަތަ އެތާ އެޅުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ ބިންގާ އެޅުއްވުމަށް ކަމެއް ސާފެއް ނޫނެވެ.
ކިޔުންތެރިންގެ ހިޔާލު