މިލައުތުރު ފުޓްސަލް މުބާރާތް (ދެވަނަ ދުވަސް): ކޮމަންޑޫ 4 – 2 ފީވައް، ގޮއިދޫ 3 – 0 ބިލެތްފަހި

މިލައުތުރު | 13 އޮކްޓޯބަރ 2025 | ކުޅިވަރު

މިލައުތުރު ފުޓްސަލް މުބާރާތުގައި އިއްޔެގައި ވެސް ފޯރި ގަދަ މެޗްތަކެއް ވަނީ ކުޅެފައެވެ. އެގޮތުން ހަވީރުގެ މެޗްގައި ބައްދަލުކުރީ ފޯކައިދޫ އެފްސީ އާއި މަރޮށި ސްޕޯޓްސް ކްލަބެވެ. އެ މެޗް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ވަނީ އެއްވަރު  ވެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ މަރޮށި ޖޯޒީ ނަންބަރު 81 އަބްދުﷲ ސައީދެވެ.

Advertisement

ދެވަނަ މެޗަކީ ގޮއިދޫ އާއި ބިލެތްފަހި ބައްދަލުކުރި މެޗެވެ. އެ މެޗް 3 – 0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށް ތިން ޕޮއިންޓް ހޯދީ ގޮއިދޫ ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގޮއިދޫގެ ޖޯޒީ ނަންބަރު 10 މުޙައްމަދު ޝައުފާނެވެ.

ތިންވަނަ މެޗަކީ ކޮމަންޑޫ އާއި ފީވައް ބައްދަލުކުރި މެޗެވެ. ފޯރި ގަދަ ކުޅުމަކަށް ފަހު، 4 – 2 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށް ތިން ޕޮއިންޓް ކަށަވަރުކުރީ ކޮމަންޑޫ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޮމަންޑޫ ޓީމްގެ ޖޯޒީ ނަންބަރު 23 މުޙައްމަދު ނަސީމެވެ.

މިއަދުވެސް ފޯރި ގަދަ ތިން މެޗު ކުޅުމަށް ތާވަލުކުރެވިފައި ވެއެވެ. އެއީ މިލަންދޫ އާއި ފުނަދޫ ބައްދަލުކުރާ މެޗާއި، ނަރުދޫ އާއި މަރޮށި ބައްދަލުކުރާ މެޗުގެ އިތުރުން ނޫމަރާ އާއި ބިލެތްފަހި ބައްދަލުކުރާ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.