ދުނިޔޭގެ ފެންވަރުގެ ކަނޑުގެ އުޅަނދުފަހަރާއި ކޮމްޕޮސިޓް އިންޑަސްޓްރީގައި މަޝްހޫރު އަދި ފެންވަރު ރަނގަޅު ބްރޭންޑެއް ކަމަށްވާ “ސްކޮޓް ބޭޑަރ” ގެ ރަސްމީ ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި އެމް.ޖީ.އެޗް. ހޯލްސޭލް (MGH Wholesale) ހަމަޖައްސައިފިއެވެ.
މި ބަދަލާއެކު ދިވެހި އުޅަނދުފަހަރު ބަނދެ އުފައްދާ ފަރާތްތަކަށާއި ކަނޑު އުޅަދުފަހަރުގެ މަސައްކަތް ކުރާ ވިޔަފާރިތަކަށް ސްކޮޓް ބޭޑަރގެ ފެންވަރު ރަނގަޅު އުފެއްދުންތައް މިހާރު ހިލޭ ޑެލިވަރީ އާއިއެކު ފަސޭހައިން ސީދާ މާލެއިން ލިބޭނެއެވެ.
ސްކޮޓް ބޭޑަރަކީ ފެންވަރުގެ ގޮތުން އާދަޔާޚިލާފު މޮޅު، ދެމިހުންނަނިވި ފިނިޝްތަކަށް މަޝްހޫރު ބްރޭންޑެކެވެ. ދުނިޔޭގެ މަޝްހޫރު ބޯޓުބަންނަ ފަރާތްތަކުން ބޭނުންކުރާ މި ބްރޭންޑްގެ އުފެއްދުންތައް ލޮއިޑްސް ރެޖިސްޓަރ ފަދަ އިތުބާރު ހިފޭ ކަނޑުގެ އިދާރާތަކުން ވަނީ ސެޓިފައިކޮށްފައެވެ.
އެމް.ޖީ.އެޗް. ހޯލްސޭލްގެ ތަރުޖަމާނަކު ވިދާޅުވީ، “ސްކޮޓް ބޭޑަރގެ ދުނިޔޭގެ ފެންވަރުގެ މެރީން ސޮލިއުޝަންތައް ދިވެހިރާއްޖެއަށް ތައާރަފްކުރެވޭތީ އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވޭ. އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގެ އުޅަނދުފަހަރު ބަނދެ އުފައްދާ ފަރާތްތަކަށް އެންމެ މޮޅު ތަކެތި، އެންމެ ވާދަވެރި އަގުތަކުގައި، އަދި އަވަހަށް އަދި އިތުބާރު ކުރެވޭ ގޮތަށް ފޯރުކޮއްދިނުން” ކަމަށެވެ.
މީގެ އިތުރުން މި ބްރޭންޑްގެ ސަބަބުން ވަރުގަދަ އުޅަނދުފަހަރާއި، ދިގު މުއްދަތަށް ދެމިހުންނަ ގޮތާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޕްރޮފެޝަނަލް ފިނިޝްތަކުގެ ފައިދާ ލިބިގެންދާނެކަމަށް ބެލެވޭ ކަމަށްވެސް އެމް.ޖީ.އެޗް. ހޯލްސޭލްއިން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު