މިލައުތުރު ފުޓްސަލް މުބާރާތުގައި ވާދަކުރާ ފޯކައިދޫ އެފްސީގެ ކޯޗަކީ ރޮނާ.

މިލައުތުރު | 19 ސެޕްޓެމްބަރ 2025 | ކުޅިވަރު

އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިލައުތުރު ފުޓްސަލް މުބާރާތުގައި ވާދަކުރާ ފޯކައިދޫ އެފްސީގެ ހެޑް ކޯޗަކަށް މަޝްހޫރު ފުޓްބޯޅަ ކުުޅުންތެރިޔާ ރޮނާ ހަމަޖައްސައިފި އެވެ.

ކޯޗް ރޮނާ އިއްޔެގެ ވަގުތެއްގައި ވަނީ ފޯކައިދޫ އަށް ގޮސްފައެވެ. ރޮނާއަށް ފޯކައިދޫން މަރުޙަބާކިޔާފައިވަނީ ފޯކައިދޫ ކައުންސިލްގެ ރައީސް އާއި މެންބަރުންނެވެ. ރޮނާ ވަނީ ކުރިން ވެސް ފޯކައިދޫ އެފްސީއާ އެކު މަސައްކަތް ކޮށްފައެވެ.

Advertisement

ފޯކައިދޫއަށް އިއްޔެ ރޮނާ އައުމާއެކު ރަސްމީ ތަމްރީންތައް މިހާރު ވަނީ ފެށިފައެވެ. ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނޭ ސްކޮޑާއެކު ރޮނާ މަސައްކަތް ކުރުމަކީ ކްލަބަށް ލިބިފައިވާ ވަރަށް ބޮޑު އުންމީދެކެވެ.

ފުޓްބޯޅައިގެ ކާމިޔާބު ދިގު ތާރީޚެއް އޮތް ފޯކައިދޫ އެފްސީ މުބާރާތަަށް ނިކުންނަނީ ފުރިހަމަ ކާމިޔާބެއް ހޯދުމުގެ އުންމީދާއި އެކުގައެވެ. މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ށ. ކަނޑިތީމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.