އިޒްރޭލްގެ ސިފައިން ޣައްޒާ ދޫކޮށް ދިޔަ ސަރަޙައްދުތަކުގައި ޝަހީދުންގެ ވީރާނާވެފައިވާ ހަށިތަކާ ކަށިތައް.

މިލައުތުރު | 11 އޮކްޓޯބަރ 2025 | ރިޕޯޓު

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ހުށަހެޅުއްވި ޕްލޭނެއްގެ ދަށުން ހަމާސް އާއި އިޒްރޭލް ސިފައިންނާ ދެމެދު ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުމުގެ ގޮތުން ޣައްްޒާގެ ބައެއް ސަރަޙައްދުތަކުން އިޒްރޭލްގެ ސިފައިން ވަނީ ފައިބާފައެވެ. އެ ސަރަޙައްދުތަކުގައި ޝަހީދުކޮށްލާފައިވާ އެތައް ސަތޭކަ މީހުންގެ ހަށިތަކާއި ކަށިތައް ވަނީ ފެނިފައެވެ.

Advertisement

ބައެއް މީހުން ބުނާގޮތުގައި ޣައްޒާގެ މަގުތަކުން ފެންނަނީ ހިތްފަޅިފަޅިވާ ފަދަ ހިތްދަތި މަންޒަރުތަކެކެވެ. އިންސާނުންގެ ހަށިތަކާއި ކަށިތައް އެތައް މިތަކުގައި ވަޅުޖަހާފައިވާ މަންޒަރަކީ ދުލުން އަދި ގަލަމަކުން ވެސް ބަޔާންކޮށްދެވޭނެ މަންޒަރުތަކެއް ނޫން ކަމަށާއި، އަނިޔާވެރިވުމުގައި ވެސް އެއީ މުޅިން އެހެން ގިންތިއެއް ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމާއެކު ޣައްޒާގެ ރައްޔިތުން އެކަމާ އުފާ ފާޅުކޮށް، އެމީހުންގެ އަމިއްލަ ވަޒަނަށް އެނބުރި ދާން ވަނީ ފަށާފައެވެ. އެއްވެސް އިމާރާތެއް ނެތަސް އެމީހުންގެ ޝަކުވާއެއް ނެތެވެ. ގެދޮރު ބިމާ ހަމަކޮށްލާފައި އޮތަސް، އެމީހުން ބޭނުންވަނީ އެތަނުގައި ދިރިއުޅޭށެވެ. ބައެއް ނޫސްތަކާ ވާހަކަދެއްކި ޣައްޒާގައި ގެދޮރު ގެއްލިފައިވާ ބައެއް މީހުން ބުނިގޮތުގައި އެމީހުންގެ އަމިއްލަ ގޯތީގައި ގާކުނޑިތަކުގެ ތެރޭގައި ދިރިއުޅެން ޖެހުނަސް އަމިއްލަ ވަޒަނަށް ދާން ބޭނުންވާ ކަމަށެވެ. ޓެންޓްގެ އަގު ބޮޑުކަމުން ގަނެވޭނެ ގޮތެއް ނެތް ކަމަށާއި، ދަތުރުފަތުރުގެ އަގު ބޮޑުކަމުން ވެހިކަލެއް ލިބޭނެ ގޮތެއް ނެތް ކަމަށާއި، ފައިމަގުގާ ދެވުނު ދުވަހަކުން ދާން މަސައްކަތް ކުރާނެ ކަމަށެވެ. ބައެއް މީހުން ޣައްޒާއަށް އެނބުރި ދިއުމަށްޓަކައި ފައިމަގުގާ ހިނގާތާ ދެ ދުވަސް ވަނީ އެވެ.

ހަނގުރާމަ ހުއްޓާލުމުން އެކަމާ އުފާކުރަނީ ހަމަ އެކަނި ޣައްޒާގެ ރައްޔިތުން އެކަންޏެއް ނޫނެވެ. ޣައްޒާގައި ހަނގުރާމައަށް ގެންގޮސްފައިތިބި އިޒްރޭލްގެ ސިފައިން ވެސް އެކަމާ އުފާ ފާޅުކުރެއެވެ. އެމީހުންނަށް ވެސް ލިބުނީ ބޮޑު ހިތްހަމަޖެހުމެކެވެ. އެހެނީ މަރު އަތްމައްޗަށް ލައިގެން ހަނގުރާމަ ކުރަން ބޭނުން ނުވާ އެތައް ސަކޭތަ ސިފައިންނެއް ވެއެވެ. އަދި ބައެއް މީހުން ގެންގޮސްފައިވަނީ މަޖުބޫރު ކޮށްގެންނެވެ. އެހެންކަމުން މިއީ އެމީހުންނަށް ވެސް ލިބުނު ބޮޑު އުފަލެކެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމުން މުޅި ދުނިޔެ ވެސް އެކަމާ ގެންދަނީ އުފާކުރަމުންނެވެ. އަދި ވަކިން ޚާއްސަކޮށް އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ އެކަމާ އުފާ ފާޅުކުރަމުންނެވެ. އެކި ޤައުމުތަކުގައި ރައްޔިތުން މަގުތަކަށް ނިކުމެ އުފާ ފާޅުކޮށް ތަކުބީރު ކިޔާފައި ވެއެވެ. ޙަޤީޤަތުގައި ވެސް މިއީ މިހާތަނަށް ދުނިޔެ ދެކެފައިވާ އެންމެ ބޮޑު ޤަތުލުއާންމުކަމުގައި ނޫނީ ނުވާނެއެވެ.

ދެ އަހަރު ދުވަހަށް ދެމިގެންދިޔަ ޣައްޒާ ހަނގުރާމައިގާ 70،000 މީހުން ޝަހީދުވެފައި ވެއެވެ. މީގެ ތެރޭގައި 16،000 ކުޑަކުދިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.