ހަމަ ރީއްޗަށް ވެސް ލޫޓުވާލައިފި ކަމަށް ވިދާޅުވެ ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އާސިފް ކުޑަ މިންވަރެއް ހިއްސާ ކޮށްލައިފި އެވެ.
މާދަމާ އޮންނަ ސުލްހަވެރި ސިޔާސީ ހަރަކަތުގައި ބައިވެރިވެލައްވާނެ ކަން ނުސީދާ ގޮތެއްގައި ފާހަގަކުރައްވާ ފޭސްބުކް ސްޓޭޓަސްއެއްގައި ލިޔުއްވާފައިވަނީ ޤައުމީ އެއާލައިންގައި ޤައުމީ މަސައްކަތަކަށް ވެރިރަށް މާލެއަށް ވަޑައިގަތުމަށް ދަތުރު ފައްޓަވައިފި ކަމަށެވެ.
އިތުރު ސްޓޭޓަސްއެއްގައި ލިޔުއްވާފައިވަނީ ލޫޓުވާލައިފި ކަމަށް ބެލެވޭ ސަބަބުތަކެވެ. އެގޮތުން 7 ކަމެއް ފާހަގަކުރައްވަފައި ވެއެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ ނަމުގައި މިހާތަނަށް 1079.4 މިލިއަން ރުފިޔާ ލޫޓުވާލައިފި ކަމަށާއި، އާރު.ސީ.ސީ އަށް އަންކިޔާފަ 631 މިލިއަން ރުފިޔާ ދީފިކަމަށާއި، ޑްރޯން ގަތުމުގެ ނަމުގައި ހިންގާލި ޖަރީމާއަށް 570 މިލިއަން ރުފިޔާ ދުއްވާލި ކަމަށާއި، ޤާސިމަށް ދެއްވި 278 މިލިއަން ރުފިޔާ އާއި، އެމް.އޭ.ސީ.އެލް ޓާމިނަލް ހުޅުވަން 150 މިލިއަން ރުފިޔާ އިސްރާފުކުރެއްވި ކަމަށާއި، އެމް.އެމް.ޓީ.ވީ އަށް 34 މިލިއަން ރުފިޔާ ދެއްވިކަމަށާ ދެ އަހަރު ނުވަނީސް 2.74 ބިލިއަން ރުފިޔާ ލޫޓުވާލައިފި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އިތުރަށް ވިދާޅުވީ ދެން މިވަރު ވީމާ ރައްޔިތުން ނިކުންނާނެ ކަމަށާއި އޮކްޓޯބަރ 3 ގައި އެންމެން ވެސް ނިކުންނަވަން ވާނެ ކަމަށާއި މާދަމާ އަކީ އެދުވަސް ކަމަށެވެ. ބެލެވޭ ގޮތުގައި ށ. ފޯކައިދޫގެ އެމްޑީޕީ ސަޕޯޓަރުންތަކެއް މާދަމާގެ އެއްވުމުގައި ބައިވެރި ވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު