ސަރުކާރުގެ ބައެއް ތަރައްޤީގެ މަޝްރޫޢުތަކުގެ ކޮންޓްރެކްޓް، އެގްރޯނެޓް އެމްޑީއަށް ވެސް ލިބިއްޖެ.

މިލައުތުރު | 13 ނޮވެމްބަރ 2025 | ވިޔަފާރި

ދާދި ފަހަކުން ރާއްޖޭގެ ތޭރަ ރަށެއްގައި 800 ހައުސިންގ ޔުނިޓް އެޅުން ހިމެނޭގޮތަށް 206 މަޝްރޫޢެއް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފުލާގައި، ބައެއް މަޝްރޫޢުތަކުގައި އެގްރޯނެޓުގެ އެމްޑީ ހުސައިން ދީދީ ވެސް ސޮއި ކޮށްފިއެވެ.

އެ ދުވަހު ސޮއި ކުރެވުނު ބައެއް ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ އެގްރޯނެޓުގެ އެމްޑީ ހުސައިން ދީދީ އެވެ. އެހެން ނަމަވެސް ކަށަވަރުކުރެވިފައިވާ ގޮތުގައި އެއީ އެގްރޯނެޓުގެ ފަރާތުން ސޮއި ކުރެއްވި ކުރެއްވުމެއް ނޫނެވެ. އެއީ އަމިއްލަ ކުންފުންޏެއް ތަމްސީލުކުރި ކުރުމެކެވެ. ބައެއް މީހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އެބޭފުޅާގެ އަމިއްލަ މަސްލަޙަތު ވެސް އޮންނަ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ސްވިޓް އިންޖިނިއަރިންގ ކުންފުންޏަށް ލިބުނު މަޝްރޫޢުތަކެކެވެ.

Advertisement

އެގްރޯނެޓްގެ އެމްޑީ ހުސައިން ދީދީ އަކީ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނީގައި ވެސް މަސައްކަތް ކުރާ ބޭފުޅެކެވެ. އެގްރޯނެޓްގައި އެއްވެސް ކަމެއް ނެތީމާ އެ ކުންފުނީގައި މަސައްކަތް ކުރަނީ ކަމުގައިވެސް ވެދާނެތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.