މިހާރު ކުރިއަށްދާ ވެރިކަންކުރާ ޕީއެންސީގެ ކޮންގްރެސްގެ އެއްވެސް ފޮޓޯއަކުން ވެސް ވީޑިއޯއަކުން ވެސް ކޮމަންޑޫ ދާއިރާގެ މެންބަރު ނުފެންނާތީ، ދާއިރާގެ ރަށްރަށުގައި ތިބި ޕީއެންސީގެ އާންމު މެންބަރުން އެކަމާއި ޝަކުވާ ކުރާކަމުގެ ވާހަކަތަކެއް ފެތުރެން ފަށައިފި އެވެ.
ކޮންގްރެސްގެ ތައްޔާރީތަކާއި، އެކި އެކި ބައްދަލުވުންތަކާއި، ޕްރޮމޯޝަނަލް ވީޑިއޯ އާއި، ފޮޓޯތަކުން ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރު ފެނިފައިނުވާ ކަމަށާއި، ކޮންގްރެސްގައި ދާއިރާ ތަމްސީލް ކުރެވޭތޯ ޔަޤީންކުރަން ބޭނުންވާ ކަމަށާއި، ކޮންގްރެސްގެ އެއްވެސް މަރުޙަލާއެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ކަން ކަށަވަރުކުރަން ބޭނުންވާ ކަމަށް މީހުން އަންނަނީ ބުނަމުންނެވެ.
ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ފާހަގަކުރެވެނީ ވާހަކަފުޅުދައްކަވަން ވަރަށް ޖެހިލުންވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ވަޑައިގަތުމަށް ވަރަށް ލަދުގަންނަ ބޭފުޅެއްގެ ގޮތުގައެވެ. މިކަމަށް ދަލީލުކޮށްދޭ އެއް ކަމަކީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބަހެއް ވިދާޅުވެފައި ނުވުމެވެ.

ކިޔުންތެރިންގެ ހިޔާލު