ޕީއެންސީގެ ކޮންގްރެސްގެ އެކި މަރުޙަލާތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޕްރޮމޯޓް ކުރުމުގެ ވީޑިއޯތައް ގެނެސްދީަފައި ވެއެވެ. އޭގެތެރެއިން ވެސް ފާހަގަކޮށްލެވޭ އެއް ވީޑިއޯ އަކީ އެންމެންގެ ތާއީދު އެމަނިކުފާނަށް އޮތްކަމަށް ބުނެ އެމްއެމްޓީވީން ހެދި ވީޑިއޯއެވެ.
އެ ވީޑިއޯގައި މެންބަރުންގެ ހިތްހަމަޖެހުމުގެ ޝުޢޫރުތައް ފާޅުކޮށްފައި ވެއެވެ. އަދި ވީޑިއޯގައި ގެނެސްދިން ލިޔުންކޮޅުގައި ހުރިހާ ރައްޔިތުންގެ ތާއީދު ވެސް ރައީސް ޑރ. މުޢިއްޒަށް އޮތްކަމަށް ބުނެފައި ވެއެވެ. ވީޑިއޯއަށް ރިއެކްޓް ކޮށްފައިހުރި ގޮތަށް ބަލައިލާއިރު ފެންނަނީ މުޅިން ތަފާތު އެހެން ޙަޤީޤަތެކެވެ. އެގޮތުން ކެއާރ ރިއެކްޓް ކޮށްފައިވަނީ 4 މީހުން، އެންގްރީ ރިއެކްޓް 19 މީހުން، ލަވް ރިއެކްޓް 39 މީހުން، އޯކޭ ރިއެކްޓް 172 މީހުން ކޮށްފައި ވެއެވެ. އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ 873 މީހުން ހަހަހަ ރިއެކްޓް ކޮށްފައިވާ ކަމެވެ. އެކަމުން ދޭހަކޮށްދޭ ކަމަކީ ވީޑިއޯގައި ބުނެފައިވާ އެއްޗަކީ ގިނަ ބަޔަކު ދެކޭގޮތުގައި ޖޯކެކެވެ.
ޕީއެންސީގެ ކޮންގްރެސްގައި 1300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ޕީއެންސީއަށް ގެންނެވި ހަރުދަނާ ބަދަލުތަކާއެކު 80،000 އާއި ގާތްކުރާ އަދަދަކަށް ވަނީ މެންބަރުން އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު