މ. މުލަކުގައި 50 ހައުސިންގ ޔުނިޓް އަޅަން 32 މިލިޔަން، ދ. މީދޫގައި 25 ޔުނިޓް އަޅަން 33 މިލިޔަން.

މިލައުތުރު | 7 ނޮވެމްބަރ 2025 | ވިޔަފާރި

މި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ތަފާތު އެކި ކުންފުނިތަކަށް ބަހާލިއިރު، އަގުތައް ކަނޑައެޅުމުގައި އެއްވެސް އުޞޫލެއް ހަމައެއް ލަމައެއް ނެތެވެ.

Advertisement

މިގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ މ. މުލަކުގައި 50 ހައުސިންގ ޔުނިޓް ބިނާކުރުމަށް އޮކްސްރޯ ނަމަކަށް ކިޔާ ކުންފުންޏަކާ ޙަވާލުކޮށްފައިވަނީ 32،400،000 ރުފިޔާ އަށެވެ.

ދ. މީދޫގައި 25 ހައުސިންގ ޔުނިޓް ބިނާކުރުމަށް އަލްޓެކް މޯލްޑިވްސްއާ ޙަވާލުކޮށްފައިވަނީ 33،750،00 ރުފިޔާ އަށެވެ. އަދި ދ. ކުޑަހުވަދޫގައި 50 ހައުސިންގ ޔުނިޓް އެޅުމަށް ފްލެކްސީން ކިޔާ ކުންފުންޏަކާ ޙަވާލުކޮށްފައިވަނީ 64،800،000 ރުފިޔާ އަށެވެ. މި މަޝްރޫޢުތަކަށް ބަލާއިރު، މަދުން ހައުސިންގ ޔުނިޓް އެޅުމަށާއި، އެއް އަދަދަކަށް ހައުސިންގ ޔުނިޓް އެޅުމަށް ބޮޑު އަގެއް ދޭންޖެހޭ އެއްވެސް ސަބަބެއް އިންސާނީ ބުއްދިއަށް ފެންނާކަށް ނެތެވެ.

މިފަދަ ސަބަބުތަކާ ހުރެ، ތަރައްޤީގެ މަޝްރޫޢުތައް ޙަވާލުކުރި ގޮތާމެދު ހިތްހަމަނުޖެހުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެ ސަރުކާރަށް ފާޑުކިއުންތައް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.