ޕީއެންސީ ބޮޑު ޖަލްސާއަށް ފޯކައިދޫން މާލެ ގެނައި މީހުންގެ ޕޮކެޓުމަނީ ލޫޓުވާލީތޯ!

މިލައުތުރު | 17 ނޮވެމްބަރ 2025 | ސިޔާސީ
19

ޕީއެންސީން ރެކޯޑު ހެދުމަށް 14 ނޮވެމްބަރުގައި މާލޭގައި ބޭއްވި ބޮޑު ޖަލްސާއަށް ށ. ފޯކައިދޫން މާލެ އައި ސަޕޯޓަރުންނަށް ޕޮކެޓުމަނީގެ ގޮތުގައި ދިނީ 500 ރުފިޔާ އެވެ. ށ. އަތޮޅުގެ އެހެން ހުރިހާ ދާއިރާއަކުން އައި ޕީއެންސީ ސަޕޯޓަރުންނަށް 1000 ރުފިޔާ ލިބިފައި ވެއެވެ. އެހެން ކަމުން ފޯކައިދޫގެ ސަޕޯޓަރުންގެ ތެރޭގައި މައްސަލަ ޖެހި، ޕޮކެޓްމަނީ ލޫޓުވާލީ ކަަމަށް ބައެއް މީހުން ބުނަން ފަށައިފި އެވެ.

މި ނޫހާ ވާހަކަދެއްކި ފަރާތަކުން ކަށަވަރު ކޮށްދިން ގޮތުގައި، އެ ޖަލްސާއަށް ޕީއެންސީ ސަޕޯޓަރުން މާލެ ގެނައީ ޕާޓީގެ ފަރާތުން ދެކޮޅު ޓިކެޓުގެ އިތުރުން ކޮންމެ މީހަކަށް 1000 ރުފިޔާގެ ޖީބުފައިސާއެއް ދޭގޮތަށެވެ. އެހެން ނަމަވެސް އެމީހުންނަށް ދިނީ އެންމެ 500 ރުފިޔާ ކަމަށެވެ. ށ. އަތޮޅުގެ އެހެން ދާއިރާތަކުގެ ރައްޓެހިންގެ ފަރާތުން އެނގުނު ގޮތުގައި އެމީހުންނަށް 1000 ރުފިޔާ ލިބިފައި ވެއެވެ. އަދި އެހެން ދާއިރާތަކުގެ މަޖިލިސް މެންބަރުންގެ ފަރާތުން ވެސް އެކަން ޔަޤީންވެފައިވާ ކަމަށެވެ. އެހެންކަމުން ފޯކައިދޫ ސަޕޯޓަރުންނަށް މަދުން ލިބުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި، ކޮންމެވެސް ބަޔަކު އެ ފައިސާކޮޅުގައި ވެސް ޖެހިއްޖެ ކަމަށެވެ.

އަދި އޭނާ އިތުރަށް ކިޔައިދިން ގޮތުގައި ފޯކައިދޫ ޕީއެންސީގައި އިސްކޮށް އުޅޭ އެއްވެސް މީހަކު އެރޭ ޖަލްސާއަށް ވެސް ނުދާ ކަމަށާއި، އެކަމާއި ގުޅިގެން ވެސް ޓީމުގެ ތެރޭގައި މައްސަލަ ޖެހުނު ކަމަށެވެ. އަދި ދިން ފައިސާކޮޅުން ނުފުދިގެން އެއް ބަޔަކު ނިދީ އާޓިފިޝަލް ބީޗުގައި ކަމަށާއި، އަނެއް ބަޔަކު ތިބީ ހޭލާ ފުޑްކޯޓުތަކުގައި ކަމަށެވެ. އެހެން ނަމަވެސް ޕާޓީއާ މެދު ހިތްބަރުކަމެއް ނެތްކަމަށާއި، މިއީ ރަށުން އެމީހުންގެ މައްޗަށް އިސްކޮށްފައިތިބި މީހުންގެ ނާޤާބިލުކަން ކަމަށާއި، މަޖިލިސް މެންބަރުގެ ފަރުވާކުޑަކަން ކަމަށެވެ. އަދި އިތުރަށް ބުނީ ދެން މިކަހަލަ ކަމަކަށް އަންނާނީ ސީދާ އަތަށް ފައިސާ އެރީމާ ކަމަށެވެ. މިފަހަރު އައީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެކެ ވާ ލޯތްބެއްގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޕ ޕީ.އެން.ސީ ބޮޑުމީހާ
އަހަރެންގެ އާއިލީ ގުޅުން އޮންނަ ކުއްޖެއްގެ ފިރިއެއް ޕާޓީން 2ކޮޅު ޓިކެޓުގަ ދެކުނު ރަށަކުން މަތިން އައީ، އަދި ޕޮކެޓްމަނީ ލިބުން 4000ރ، ކިހާ ފައްކާ، އެދުވަހު ގިނަ މީހުން އުޅުނީ ބާޒާރު މަތީގަ ވިޔަފާރި ކަން ކަމުގަ، ޚާއްސަކޮށް ކުދި ވިޔަފާރި ހިންގާ މީހުން،
K Katheebu
ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާހަމަައަށް ނެގިޔަސް އޮންނާނީ ކައްޗަށް! ބަގީޗާ ރަޝީދު ފުނޑާލީމާ ލިބުނު ވަކިން ބޮޑު މޮޅެއް ނުފެނޭ.
އ އޯކޭ
ޒަކީ ކަލޭ އަމަޔޭ ލިޔެބަލާ!!!
ބ ބަކައްޓޭ
ކަލޭ އަމާ ނެތީތަ ބަކައްޓާ
ރ ރަށުމީހާ
މީހުންގެ މައިންބަފައިންނާ ނުބެހޭ މާ މޮޅު ކަމެއް ނޫން.
ފ ފާކިރު
ޕީއެންސީ ކޮމިޓީއަށް ހުށަހަޅާނަން ބަލަންޖެހޭ ކަމެއް ތީ
ފ ފާތުމަތު އަމްޖޫދާ ނަކީރު
ޕޮކެޓްމަނީން ވެސް 500 މަޅާލީ ސާބަހޭ ފޯކައިދޫ ޕީއެންސީ
ބ ބޮޑުބެ
ދެން ބާރަަށް އަތްޖަހާ ހުސް ވަގުންނޭ ތިޔައިގާ އުޅެނީ. ދެން ކޮން އެއާޕޯޓެއް ތިޔަ ރުނޑިޔަަށް އެޅޭނީ!
އ އައިންތު
މާއުނގޫދޫ ހަސަނައް ޖެއްސި ހާލު މަށަށް އެނގޭ. އަހަރުމެން މިތިބީ އުފަލަކުން ނޫން ވަގުތަކަށް ބަލަން.
G GALHI
ތެލުގެ ވިޔަފާރީގައި އުޅެފިނަމަ ވައްކަމެއް ނުކޮށްލާ ހުންނަން އުނގަދޫވާނެ. ތެޔޮ މޮހޮދޭ ކާލީ
C COPY
Rah rashun male gendhiya meehunge faraathun libey mauloomaathah balaairu komandoo dhaairaa in gendhiya meehunnah libenvaa 1000 rf ge pocket money thereyn libifa vanee 500 rf kan haama vey. Ekam ingenee milandhoo dhaairaa ge feevakun dhiya meehunnah 1000/- ge pocket money libifa vaakan ingeythee. Meeves thahugeegu kuran jehey kameh
އ އިއްބެ
އެއް ބަޔަކު ދިޔައީ އިންޑިޔާއަށް
ބ ބިސްކުޅޭ
ކުދިންނޭ ތިޔައީ ވަގުންނޭ ވަގުންނޭ
ފ ފިނިހަކަ އެމްޕީ
ޕޮކެޓް މަނީކޮޅު ވެސް ކާލީ ދޯ ބޮޑުން ވެގެން!
ހ ހަސަނު
އަދިވެސް ތަނެއް އޮތިއްޔާ ބޯކޮށްޕާލާތި
އ އަލީ
ކަލޭމެން ވާނެ މުއިއްޒު ދެކެ ލޯބިވާން، އެއްޗެއް ނުލިބުނަސް ތީ ހަމަ ވާންވީ ގޮތް
ބ ބަޅުބޭ
ހުރިހާ ކަމަކުން ވެސް ވައްކަން. ވަގުންގެ ޕާޓީއެއް ވީމާ ވާނީ ތިޔަހެން. އަދިވެސް ދާތި
ގ ގެރޭ
އަހަރެމެން ދެނެއް ނުދާނަން ތިޔޮބެ ބުނެގެން އެއްވެސް ތަނަކަށް މުޅިން މަރައިފިޔޭ!
އ އަބްދޯ
ފާޑެއްގެ ކިފުޅިގަނޑަކާ ތެޔޮ ބޮތްކެއް ވެގެން މުޅި ޕީއެންސީ ހަލާކުކޮށްފި.