އެނގޭތޯ؟ އިނގިރޭސި ފުޓްބޯޅަ ތަރި ބެކަމް އަށް ދެން ކިޔަންޖެހޭނީ “ސާރ ޑޭވިޑް ބެކަމް”

މިލައުތުރު | 6 ނޮވެމްބަރ 2025 | ކުޅިވަރު

ކުޅިވަރާއި ޗެރިޓީއަށް ޑޭވިޑް ބެކަމް ކުރައްވާ ޚިދުމަތް ފާހަގަކޮށް ޝާހީ ޚާންދާނުން އަރުވާ ޚާއްސަ ޝަރަފު އިނގިރޭސި ބުޓްބޯޅަ ތަރި އަދި ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އަށް އަރުވައިފި އެވެ.

Advertisement

މި ޝަރަފު އޭނާއަށް އެރުވުމުން ދެން މުޚާތަބުކުރަން ޖެހޭނީ “ސާރ ޑޭވިޑް ބެކަމް” ގެ ނަމުންނެވެ. އެހެނީ އޭނާ އެވަނީ ޤައުމުގެ ޢިއްޒަތްތެރިއަކަށް ވެފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ފުޓްބޯޅަ ތަރިއަކަށް މިފަދަ ޝަރަފެއް ލިބުނު ފުރަތަމަ ފަހަރެވެ.

ބެކަމް އަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގެ ދުވަސްވަރުގައި ދުނިޔޭގައި ހުރި އެންމެ މަޤުބޫލުވި ކުޅުންތެރިޔާއެވެ. އަދި ވަކިން ޚާއްސަކޮށް ބެކަމްގެ ހިލޭ ޖެހުންތަކާއި ލޯންގު ޕާސްތަކަކީ ފަހަގަކޮށްލެވޭ ކަންކަމެވެ.

މިހާރު އެމެރިކާގައި އަމިއްލަ ފުޓްބޯޅަ ކުލަބެއް ހިންގާއިރު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޯ މެސީ ވެސް ހުރީ އޭނާގެ ކުލަބުގައެވެ. މީގެ އިތުރުން ބެކަމް އަކީ ޔުނިސެފަށް ބޮޑެތި އެހީތައް ވަމުން ގެންދަވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.