ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފޯކައިދޫގައި 800 ގަސް އިންދައިފި.

މިލައުތުރު | 5 ޖޫން 2026 | ޚަބަރު

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ށ. ފޯކައިދޫ ކައުންސިލާއި، ރަށުގެ މުއައްސަސާތައް ގުޅިގެން ކޮއްލަވާނި ސަރަޙައްދުގައި 800 ގަސް އިންދައިފި އެވެ.

މިއީ ފޯކައިދޫ ފެހިކުރުމާއި ތިމާވެށި ހިމާޔަތްކުރުމުގެ މަޤްޞަދުގައި ކައުންސިލުން އިސްނަގައިގެން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން އިތުރު ހަރަކާތްތައް ވެސް ކުރިއަށް ދާނެއެވެ. އަދި މިއަދުގެ ގަސް އިންދުމުގެ ޕްރޮގްރާމުގައި ވެސް ރަށުގެ ހުރިހާ މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ.

ކޮއްލަވާނި ބީޗަކީ ފޯކައިދޫއަށް ޒިޔާރަތްކުރާ މީހުންގެ އެންމެ ބޮޑު ހިތްހަމަޖެހުމަށް ވުމުގެ އިތުރުން ރަށުގައި ދިރިއުޅޭ އާއިލާތަކުން އެކި އެކި އާއިލީ ހަރަކާތްތައް ބާއްވާ ވަރަށް ހިތްފަސޭހަ ބީޗެކެވެ. އަދި މިއީ ފޯކައިދޫގައި އޮންނަ ކަނޑޫފަލާއި، ކުއްޅަވައްފަލާ ކުޅި ވެސް އޮތް ސަރަހައްދެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.