އީރާންގެ ހިތްވަރަކަށް ބަދަލެއް ނާދޭ، އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދީފި.

މިލައުތުރު | 3 ޖޫން 2026 | ޚަބަރު

އެމެރިކާއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ހުއްޓާލުމަށް ފަހު، ގަލްފު ސަރަހައްދުގައި އެމެރިކާއިން ގާއިމް ކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް ހަމަލާތަކެއް ދީފި އެވެ.

އެގޮތުން ކިވެއިތު އާއި ބަހުރެއިނުގައި އެމެރިކާއިން ގާއިމް ކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ. ބައިނަލްއަޤުވާމީ މީޑިއާތައް ބުނާގޮތުގައި ބަހުރެއިނުގައި އެކަނި ބާރުގަދަ 8 ގޮވުމެއް ގޮވާފައި ވެއެވެ. އަދި ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.

އީރާނުން މަޝްވަރާތަކާއި ފެޔަށް ޖެހުނީ އިޒްރޭލުން ފަލަސްޠީނާއި ލުބުނާނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓައިނުލުން ކަމުގައި އެމީހުން ވަނީ ބުނެފައެވެ. އަދި އީރާނާއެކު ވެވޭ ކޮންމެ އެއްބަސްވުމެއްގައި ފަލަސްޠީން ހިމެނެންޖެހޭނެ ކަމަށް އެމީހުން ވަނީ ޝަރުތު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.