ށ. މިލަންދޫގައި މީހުން ދިރިއުޅޭ ގެއަކަށް ވަދެ ނިކުމެވާން އޮންނަ މަގު ބެދިފާ އޮންނަތާ 2 އަހަރު

މިލައުތުރު | 31 އޮކްޓޯބަރ 2025 | ޚަބަރު
16

ށ. މިލަންދޫގައި މީހުން ދިރިއުޅޭ ގެއަކަށް ވަދެ ނިކުމެވާން އޮންނަ މަގުގައި ގާފުނިތަކާ ވެލިފުނިތަކާއި ވިނަތައް ހެދިފައިވާތީ، އެގޭގައި ދިރިއުޅޭ މީހުންގެ ފަރާތުން އެކަމަށް ޙައްލު ހޯދުމަށް މަސައްކަތްކުރާތާ ޒަމާންތަކެއް ވެއްޖެކަން މި ނޫހަށް މަޢުލޫމާތު ލިބިއްޖެ އެވެ.

މި ނޫހާ މަޢުލޫމާތު ހިއްސާކުރެއްވި ފަރާތުން ބުނެފައިވާ ގޮތުގައި މިއީ ވެސް ހަމަ ކައުންސިލުން ދޫކުރި ބިމެއްގައި އަޅާފައި ހުރި ގެއެކެވެ. ފުރިހަމަ ކުރަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި ގޯތީގެ ރަޖިސްޓަރީ ވެސް ފުރިހަމަ ކޮށްފައިވާ ގެއެކެވެ. އަދި މިއީ މަޝްހޫރު “ށ.ދުބާއީ” ގައި މީހުން ދިރިއުޅޭ ގެއަކަށް ވަދެ ނުކުތުމަށް ބޭނުންކުރަންޖެހޭ މަގުގެ ހާލަތު އޮތް ގޮތް ކަމަށެވެ. އަދި މަގު މިހެން އޮތުމުގެ ސަބަބުން އެ ގެއަށް ވަންނަން ޖެހެނީ ޖެހިގެން ހުންނަ ގޭގެ ގޯތިތެރެއިން ލާފައި ކަމަށެވެ.

Advertisement
Advertisement

އިތުރަށް ބުނެފައިވަނީ ގޯތި ކޮންމެތާކު ، ކޮންމެ ހިސާބެއްގައި ހުއްޓަސް، މިއީ ވެސް ކައުންސިލުން ދޫކުރި ބިމެއްގައި ގަވައިދާ އެއްގޮތަށް ބިނާކޮށްފައިވާ ގެއެއް ކަމަށާއި، ގެއަށް މީހުން ބަދަލުވެ ދިރިއުޅެމުން ދާތާ 2 އަހަރު ފުރިއްޖެ ކަމަށެވެ. އަދި ގެއަށް ބަދަލުވުމުގެ ކުރިން ވެސް، އަދި ގެއަށް ބަދަލުވުމަށް ފަހު ވެސް، އެތަކެއް ފަހަރަކު މަގު ހަދައި ދިނުމަށް ކައުންސިލްގައި އެދުމުން ވެސް މިކަމަށް އަދިވެސް ހައްލެއް ނުލިބޭ ކަމަށެވެ.

އޭނާގެ ސުވާލަކީ ރައްޔިތުންނަށް ފަސޭހަވާނެހެން މަގު ހަދާފައި ބެހެއްޓުމަކީ ރައްޔިތުންގެ ޒިންމާއެއްތޯ ނޫނީ ރަށު ކައުންސިލްގެ ޒިންމާއެއްތޯ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މުހައްމަދު ރަސީދު
ބުރޯ ދައްކާ ބިރަކަށް   ދޭ ފައިސާ ކޮލަކަށް ނުވިކޭނެ.   އަދި ނުސިހޭނެ  ފާރޮށި ކިބަޔަކާ ކަޅުސާ ތައްޓެން 3 އިރު ބޯލާގެން ތިބެން ޖެހުނަސް މި ޱރ މުހައްމަދު މުއިއްޒު  ވެރިކަމަށް އެރުވި ގޮތަން  ވެރިކަމުން ބާލުވާފަ ދެން ހުއްޓާލާނީވެސް.  ދުނިޔޭގަ ހުރިއްޔާ  މާތް ﷲ އިރާދަކުރެއްވިއްޔާ
މ މަރޮށި ކަތީބު
މޮނިއުމަންޓުތަކާ ފެންއަރުވާވަޑާންތައް ހެދޭތޯ ބަލާ. ރައްޔިތަކަށް އުނދަގުލެއް ފިލުވައިދޭނެ ކަމެއް ނެތް. މުސާރަ ނަގައިގެން ގޭސް އަނބުރަން ތިބުން ނޫންކަމެއް ނެތް.
ހ ހަބިއްތަ
ތިޔައީ ފަރުބަދައެއް، ގެއްލުމެއް ނުދޭތި. ހިމާޔަތްކުރަން ވާނެ. އީޕީއޭ ނައްޓާނެ.
ބ ބޮޑޭ
ށ. ދުބާއީގެ ހަޑިފުށް ނުދައްކާށޭ! ނުދައްކާށޭ! ރަށު މެދުގައި އިން ބުރު ނޫން އެއްޗެއް ދައްކައިގެން ނުވާނެ.
މ މާކުރަތޭ
އެހެން ރަަށަކަށް ބަދަލުކުރަންވީ. އޭރުން ރަނގަޅު ވެދާނެ.
ރ ރައީސްބެ
ކައުންސިލަރުން ތިބެނީ ޓިކްޓޮކް ކުޅެން. ރައްޔިތުންނަށް ދަތިވާ މިފަދަ ކަންކަން ހައްލުވޭތޯ ބެލުމެއް ނެތް. ހުރިހާ ކައުންސިލެއް ވެސް އުވާލަންވީ ބޯ ހަލާކޭ.
އ އަތޮޅުވެރިޔާ
ޑރ. މުޢިއްޒުތޯ ދާންވީ ތިޔަ ރަށުގެ މަގު ކަހަންވެސް، ތިޔައީ ދެން ފުކެއް ބޮޑުވަރު. 2 އަހަރު ވެގެންދާއިރު ހައްލުކުރެވެން ވާނެ ދޯ.
ޝ ޝައިޚް
ތިޔަފަދަ އުނދަގުލެއް ފިލުވައިދީފި މީހަކަށް ނުހަނު ދަރުމައާ ސަވާބު ލިބޭނެ. ކޮންމެވެސް މީހަކު ތިޔަކަން އަވަހަށް ކޮށްލަދީ. ތިޔައީ ފުރުޞަތެއް! ކޮބާތޯ ދީލަތި އަދި ތަނަވަސްކަމުގެ އަހުލުވެރިން
ނ ނޫސްވެރިއެްް
ތިޔަ ކަމުގައި ކައުންސިލްގެ ބަހެއް ނުހޯދާ ނޫހެއްގަ ޖެހީމަ ކަމަކުނުދޭ. ދެފުށް ފެންނަ ގޮތަކަށް ނޫސް ތަކުގަ މައުލޫމާތު ލިޔުން ރަނގަޅު.
ކ ކައުންސިލަރ
ޖެހި މީހާ އާ ނޫހާ ތޯ ގޯސްވާންވީ. މައްސަލަ ހައްލުކޮށްލީމާ ނިމޭނީ.
ދ ދިވެހީންގެ ރާއްޖެ
އެއާޕޯޓް އަޅާ ނިމޭއިރު ތިޔަ ހުރިހާ ކަމެއް ވެސް ވާނެ. ދެން އޮތީ ރަންޒަމާނެއް.
ނ ނައްޓު
ކޮބާތަ މަގު ހަދާ ސޮރުމެން. އެތަންކޮޅު ކަހާލަދީ އަވަހަށް
ބ ބަނަސްބެ
ކެތްތެރިވޭ، ކެތްތެރިވޭ، ބޮޑެތި ކަންތައް ވާނީ ގިނަ ދުވަހުން. އަދި ވާނެ، ކުރާނެ، ކުރެވޭނެ.
އ އަބްދޯ
ގޭގެ ވެރިފަރާތުން ތިޔަކަން ކޮށްލާ. ނިމުނީ
ހ ހަސަނާ
ތަޖުރިބާ ދަތުރުތައް ހަދައިގެން ދާންވީ ތިޔަ މަގު ބަލާލަން.
މ މަފާ
ތިޔައީ ދުބާއީގެ ބަދިގެ ފަރާތް. އެ ފަރާތް ހަޑިވާނެ.