މުޅި ރާއްޖޭގައި މިހާރު ދެކެވޭ އެއްް ވާހަކައަކީ 99 އަހަރަށް 500 ހެކްޓަރުގެ ބިމެއް އީގަލް ހިލްސްއަަށް ދޫކޮށްލި ވާހަކައެވެ. ހަނދާން ކުރަންވީ ކަމަކީ ވެސް، ޔަޤީން ކުރަންވީ ކަމަކީ ވެސް ދިވެހި ދިދަ ވިއްކައިނުލާނެ ކަމެވެ.
ސަރުކާރުން ބުނާގޮތުގައި އީގަލް ހިލްސް އިން 20 ބިލިޔަން ޑޮލަރު އިންވެސްޓު ކުރާނެއެވެ. އަދި ފަތުރުވެރި ކަމުގެ އާމްދަނީގެ ގޮތުގައި އަހަރަކު 2 ބިލިޔަން ޑޮލަރު ދައުލަތަށް ލިބޭނެއެވެ. އަދި 54،000 ވަޒީފާ އުފެދޭނެ އެވެ. ދެން ކޮން ކަމަކާތޯ ދިވެހިން ކަންބޮޑުވާންވީ؟ ޤައުމު މުއްސަނދިވެފައި، ރައްޔިތުންނަށް ވަޒީފާ ލިބިފައި، ތަނަވަސް ދިރިއުޅުމެއް އުޅެން ބޭނުން ނުވާނީ ފަހެ ކާކުތޯއެވެ.
މިއީ ރައީސް ޑރ. މުޢިއްޒުގެ ދުރުވިސްނުމާއި، ތަޞައްވަރުގެ ތޫނުކަން ނޫންތޯއެވެ. ދިވެހިރާއްޖެއަށް މިވަރުގެ ވެރިޔަކު ނުލިބޭނެކަން ޔަޤީންވާނީ ކޮން ދުވަހަކުންތޯއެވެ. ރިޔާސީ ވައުދެއްގެ ގޮތުގައި މާލެ-ރަސްމާލެ ކަނޑުއަޑީގެ ޓަނަލަކުން ކުޅާލުން އެންމެ ފަހުން ޙަޤީޤަތަކަށް ވަނީއެވެ. އަދި އެ ޓަނަލުން ދަތުރުކުރަމުން ކޯމަސް ވިހާތަން ބަލަން ނުދާނީ ފަހެ ކާކުތޯއެވެ.

ކިޔުންތެރިންގެ ހިޔާލު