ދެ އަހަރެއްހާ ދުވަހު ޚަބަރުނެތިފައި އޮތުމަށް ފަހު އެގްރޯނެޓުން ވިންދެއް ޖަހާލައިފި.

މިލައުތުރު | 30 އޮކްޓޯބަރ 2025 | ވިޔަފާރި
3

2020 ވަނަ އަހަރު ވުޖޫދުވި ދައުލަތުގެ ދަނޑުވެރިކަމާ ބެހޭ ކުންފުނި ކަމުގައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ޚަބަރެއް ހިލަމެއް ނުވާތާ ދެ އަހަރު ފުރެން ދަނިކޮށް ވިންދެއް ޖަހާލައިފި ކަމަށް ލ. އިސްދޫ ކައުންސިލުން ރިޕޯޓް ކޮށްފިއެވެ.

ލ. އިސްދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ރިޕޯޓް ކޮށްފައިވަނީ އެގްރޯނެޓާ އެކު ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ. އަދި އެ ބައްދަލުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ ހިއްސާކުރައްވާފައެވެ. މި ބައްދަލުވުން ބޭއްވިފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

Advertisement
Advertisement

މިއަދުގެ ބައްދަލުވުމުގެ ޚަބަރާއެކު ރާއްޖޭގެ ދަނޑުވެރިންނަށް އަނެއްކާ ވެސް އުފާވެރި ހިނިތުންވުމެއް ލިބޭނެއެވެ. އެހެނީ އެގްރޯނެޓް އަދިވެސް އެބައޮތްކަން ޔަޤީންވާނެތީ އެވެ. އަދި ކުރިންވެސް ދަނޑުވެރިކަމާ އޮށް އިންދާނެ ގޮތް ކިޔަވައިދެއްވި ބޭފުޅުން މިހާރު ވެސް ތިއްބެވީތީ އެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރުގައި ގާތްގަނޑަކަށް 800 އެއްހާ ދަނޑުވެރިން އެގްރޯނެޓާއެކު ދަނޑުވެރިކަމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އޭރުގެ ވެރިން ޓީވީތަކުގައި ވިދާޅުވިއެވެ. އެހެންކަމުން މިހާރު އެ އަދަދު ތިންގުނަ ވާނެކަމަށް ލަފާކުރެވެއެވެ. ކުރީ ސަރުކާރުން އެގްރޯނެޓަށް އައްޔަންކުރެއްވީ އެއް ޑީއެމްޑީ އެވެ. އެހެން ނަމަވެސް މި ސަރުކާރުން މިހާތަނަށް ތިން ޑީއެމްޑީންގެ އިތުރުން ޖެނެރަލް މެނޭޖަރެއް އައްޔަން ކުރައްވައިފި އެވެ. އެހެންކަމުން ބެލެވޭގޮތުގައި ކުރިއަށް ވުރެވެސް އެގްރޯނެޓްގެ މަސައްކަތްތައް މިހާރު ހަލުވި ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ވ ވެލެންޓީނޯ
ދެން ތިޔަ މަޅިއަކު އަހަރެމެން ނުޖެހޭނަން. އަދިވެސް މިއުޅެނީ ކުރިން ދިން ކެހިން ސަލާމަތް ނުވެވިގެން.
ނ ނަޝާތު
ޮކަންތަކާ ޖެހުނީ.
އ އިސްދޫ ނައިބު
ހެޔޮ ނުވާނެ ތިޔަތަން އުވާލަބަލާ.