މިފަހަރުގެ ޕްރިންސިޕަލުންގެ މަހާސިންތާ އޮތީ ކްރޮސްރޯޑް ރިސޯޓުގައި…

މިލައުތުރު | 12 އޮކްޓޯބަރ 2025 | ޚަބަރު

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރިންސިޕަލުންގެ މިއަހަރުގެ މަހާސިންތާ ކުރިއަށް ގެންދަނީ ކްރޮސްރޯޑް ރިސޯޓުގައެވެ. މި މަހާސިންތާ އިއްޔެގައި އިފުތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެވެ.

Advertisement

މި ކޮންފަރެންސް ކުރިއަށް ދާނީ މިއަދުގެ ނިޔަލަށެވެ.  މި ކޮންފަރެންސްގައި ޖުމުލަ 210 ޕްރިންސިޕަލުން ބައިވެރިފައި ވެއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން ބައިވެރިވާ މި ކޮންފަރެންސަކީ ތައުލީމީ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތަކާއި މިހާރު އަމަލު ކުރަމުންދާ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށާއި، އިސްލާޙު ކުރަންޖެހޭ ކަންކަން އިސްލާޙު ކުރުމަށް މަޝްވަރާކުރުމަށްޓަަކައި ބާއްވާ މަހާސިންތާއެކެވެ.

މި އަހަރުގެ މަހާސިންތާގައި ވެސް ތަފާތު އެތަކެއް ބޭފުޅުންގެ ތަފާތު މޮޅެތި ވާހަކަތަކާއި، ޕްރެޒެންޓޭޝަންތަކާއި، ވާހަކަދެއްކުން ކުރިއަށް ގެންގޮސްފައި ވެއެވެ. ބައެއް ބޭފުޅުން ވިދާޅުވިގޮތުގައި މުޅި މަހާސިންތާއަށް ނަޒަރު ހިންގާލުމުން ފެނުނީ ވަރަށް ބޮޑަށް ސިޔާސީ މަޤުޞަދެއް ޙާޞިލުކުރެއްވުމަށް ބަޔަކު އުޅުއްވި މަންޒަރެެވެ.

އާންމު ގޮތެއްގައި ޕްރިންސިޕަލުންގެ މަހާސިންތާ ބާއްވަނީ މާލޭގައި ދަރުބާރުގޭގައެވެ. ނަމަވެސް މިހާރު ދަރުބާރުގެއަކީ އަންދާލި ވުޒާރާތަކުގެ ވަގުތީ ބޯހިޔާވަހިކަން ކަމުގައި ވާތީ އާއި، އިތުރަށް ފުރިހަމަކޮށް، ހިތްހަމަޖެހޭ ވަގުތުކޮޅަކާއެކު ޕްރިންސިޕަލުންގެ މަހާސިންތާ ކުރިއަށް ގެންދިއުމަށްޓަކައި ރިސޯޓުގައި ބޭއްވުމަށް ހަމަޖެއްސީއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.