ފިލްމީ ތަރި ނިއުމާ މުޙައްމަދުގެ އަތުން މަކަރާ ޙީލަތުން ފައިސާތަކެއް އަތުލައިފި ކަމަށް އޭނާ ބުނެފި އެވެ.
އާންމުންގެ ސަމާލުކަމަށް ގޮވާލާ އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަބްދު ﷲ ރަޝާދު ނަމަކަށް ކިޔާ މީހަކު، ތަނެއް ކުއްޔަށް ދޭނެކަމަށް ބުނެ އޭނާގެ އަތުން ފައިސާތަކެއް އަތުލާފައި ވާކަމަށާއި، ތަނެއް ވެސް ނުދޭ ކަމަށާއި، ނެގި ފައިސާ ވެސް އަނބުރާ ދީފައިނުވާ ކަމަށެވެ.
ނިއުމާގެ އަތުން އެމީހާ އަތުލީ ކިހާ ފައިސާއެއް ކަމެއް ބުނެފައެއް ނުވެއެވެ. ނިއުމާ އެދުނީ އާންމުން އެމީހާ އާއި މެދު ސަމާލުވުމަށް އެދޭކަމަށެވެ.
މިހާރަކަށް އައިސް މަކަރާ ޙީލަތުން ފައިސާ އަތުލުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މިއީ އާންމު ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު