ފްލެޓަކީ ލައްގާ ހުރައަށް ލައްގާހެން ލައްގާ އެއްޗަކަށް ވެއްޖެ.

މިލައުތުރު | 12 އޮކްޓޯބަރ 2025 | ރިޕޯޓު

ކުރީ ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް އަނެއްކާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ވެސް ފްލެޓް ލިބޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އަނބިމީހާ ނުވަތަ ފިރިމީހާ އަށް ފްލެޓް ލިބިފައިވާ 976 މީހަކު އިއުލާނުކުރި ލިސްޓުގައި ހިމެނޭ ކަމަށެވެ.

Advertisement

އެމީހުންގެ ތެރޭގައި 76 މާކްސް ލިބިފައިވާ 645 މީހުން ހިމެނޭ ކަމަށާއި އެ ފަރާތްތަކަށް ފްލެޓް ނުލިބޭނެ ގޮތް ހެދޭނެ ގާނޫނެއް ނުވަތަ ގަވާއިދެއް ވެސް ނެތް ކަމަށެވެ. އެހެންކަމުން އެފަރާތްތަކަށް ވެސް ފްލެޓް ދޭން ޖެހޭ ކަމަށެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން މިހާތަނަށް ހަވާލުކުރި ބައެއް ފްލެޓްތައް މިހާރު ވަނީ ކުއްޔަށް ދޭން އިއުލާނު ވެސް ކޮށްފަ އެވެ. އެކަމަކު ފްލެޓް އެއްބަސްވުމުގައިވާ ގޮތުން ކުއްޔަށް ދޫކުރުމަކީ މަނާ ކަމެކެވެ. އެއީ ފްލެޓް އަތުލެވިދާނެ ކަމެއް ކަމަށް އެއްބަސްވުމުގައިވެ އެވެ.

އެހެންކަމުން ފްލެޓް ދޫކުރުން މިވީ ލައްގާ ހުރައަށް ލައްގާހެން ލައްގާ އެއްޗަކަށް ވެފައި ނޫންތޯ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.